ހަބަރު

ކަސްޓަމުން ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް ނައްތާލައިފި

Oct 17, 2017

ކަސްޓަމްސް އިން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ. އެތަކެތި ނައްތާލީ ތިލަފުށީގަ އެވެ.

ކަސްޓަމްސް އިން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 89،353 ފުޅިއާއި 1108 ދަޅު ބިޔަރާއި 3411 ކިލޯގެ އޫރުމަހެވެ. މިއީ އެކި މައްސަލަތަކުގައި ކަސްޓަމްސް އިން އަތުލައިގެންފައިވާ ތަކެއްޗެވެ.

އެތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެއެފަދަ ތަކެތި ނައްތާލުމަށް ގާއިމްކޮށްފައިވާ ސޫލުގެ ދަށުންނެވެ. އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަސްޓަމްސް އަށް ނައްތާލެވޭނެ އެވެ.

މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.