ހަބަރު

ހުއްދަ ނެތް ޓެކްސް އެޖެންޓުން އެބައުޅޭ

Oct 19, 2017
2

ރާއްޖޭގައި ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާމެދު ސަމާލުވާން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކޮށްފި އެވެ.

މީރާއިން ބުނީ ޓެކުހުގެ ބޭނުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކޮށްޓެކްސް ދައްކާ ފަރާތްތަކުގެ ކަންކަން ހިސާބުކުރުމުގެ މަސައްކަތަށް މީރާއިން ހުއްދަ ކޮށްފައިވާ އޭޖެންޓުން ނޫން އެހެން ފަރާތްތަކުން އެކަން ކުރާކަން މިހާރު ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކުން ހިސާބުކޮށް ތައްޔާރު ކުރާ ލިޔެކިޔުންތަކާއި ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތު ނުހުންނަ އިރު އޭގެ ސަބަބުން ޓެކްސްދައްކާ ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައްވާ ކަމަށެވެ.

"ޓެކުހުގެ މުއާމަލާތްތަކަކީ ފައިސާއާއި ގުޅުންހުރި މަސައްކަތެކެވެ. މުހިންމު އެ މަސައްކަތް ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ފަރާތަކީ މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓެއްތޯ ޔަޤީންކުރުން މުހިއްމެވެ."