ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދުޝްމަނުންނަށް މާފުކުރޭ، އެކަމަކު ނަން ހަނދާން ބަަހައްޓާތި!

Oct 19, 2017
8

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލާ އަދި ރާއްޖެ ދުށް ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަރަށް ހާއްސަ މެސެޖެއް ފޭސްބުކް މެދުވެރިކޮށް ދޫކޮށްލައްވައިފި އެވެ.

ޗާންސެލާ އެ މެސެޖް ދޫކޮށްލެވީ ލިއުއްވި ސްޓޭޓަސް އަކުންނެވެ. އެއީ ކޮން ސަބަބަކާ ހުރެ ލިއުއްވި ސްޓޭޓަސް އެއް ކަން ވިދާޅުވެފައި ނެތް ނަމަވެސް ލިޔުއްވާފައި ވަނީ ވަރަށް އިބުރަތްތެރި ވާހަކަފުޅެކެވެ.

ޝަހީމްގެ ސްޓޭޓަސް ލިޔުއްވަމުން ވިދާޅުވެފައި ވަނީ " ދުޝްމަނުންނަށް މައާފު ކުރާށެވެ! ނަމަވެސް އެމީހުންގެ ނަންތައް ރަނގަޅަށް ހިތުގައި ބަހައްޓާށެވެ!" މިހެންނެވެ.

އެ މަނިކުފާނުގެ އެ ސްޓެޓަސްއާއެކު ފޭސްބުކްގައި އެ މަނިކުފާނުގެ އެކުވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު މިހެން ސުވާލެއް އައްސަވަ އެވެ:

"އެ ނަންތައް ހިތުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ؟" އެވެ.

އެ ސުވާލަށް ޗާންސެލާ ދެއްވާފައި ވަނީ ވަރަށް ހަރުދަނާ ޖަވާބެކެވެ. ލިޔުއްވާފައި ވެ އެވެ: "މައާފު ކުރުމުގެ މާނައަކީ ދެވަނަ ފަހަރަށް އިތުބާރު ކުރުމެއް ނޫނެ" ވެ.

ޝަހީމަކީ ސިޔާސީގޮތުން ވަރަށް އުއްމީދީ އަދި ވާހަކަފުޅު ދެއްކެވުމުގައި ވަރަށް ފުދުންތެރި އިލްމުވެރިއެކެވެ. ސިޔާސީ ލީޑަރެއްގެ ގޮތުގައި އަދާލަތު ޕާޓީގެ އިސް މަގާމެއްގައި އުޅުއްވި ދުވަސްވަރާއި އޭގެ ފަހުން ތިން ސަރުކާރެއްގެ އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ.