ހަބަރު

ބަނޑޮސް ކައިރީ އޮތް ދޯންޏެއްގައި ރޯވެއްޖެ

Oct 19, 2017

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:15 ހާއިރު ކަމަށެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ފޯމް ޖަހައިގެން މިހާރު ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

އަލިފާން ރޯވީ އެ ދޯނީގެ އިންޖީނުގަ އެވެ. މި ދޯންޏަކީ ހުޅުލެއިން މުދާ ބަރުކޮށްގެން ރ. އަތޮޅު ކުޑަފުށި ރިސޯޓަށް ދަތުރުކުރި ދޯންޏެކެވެ. އޭގައި މީހަކު ދަތުރުކުރި އެވެ.