overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ފުއާދު ތައުފީގު

ކެނޑިޑޭޓަށްވާން އެއްވެސް މަޝްވާރައެއް ނުކުރޭ: ފުއާދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓަކަށް ވުމާމެދު އެއްވެސް ފަރާތަކުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ފުއާދު މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކެނޑިޑެސީ އާމެދު އެއްވެސް ފަރާތަކުން އޭނާ އާ މަޝްވަރާ ނުކުރާ ކަމަށާއި އެކި ފަރާތްތަކުން ފާޅުކުރެއްވި ޝުއޫރުތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިންތިގާލީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭ ކެނޑިޑޭޓަކީ ފުއާދު ކަމަށް ވިދާޅުވެ ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކުވެސް ވަނީ ޓުވީޓު ކުރައްވާފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންވަރު އަހްމަދު މަހުލޫފް ވަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓަކީ ސިޔާސީ ބޭފުޅަކަށްވުން މުހިންމު ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާންކުރެއްވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ އަންނަ އިންތިހާބުގައި އެއް ކެނޑިޑޭޓެއް އިދިކޮޅުން ނެރެ އިންތިގާލީ ވެރިކަމެއް ގާއިމުކޮށް، މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ. އެ ގޮވާލެއްވުމަށް އެންމެ ފުރަތަމަ ތާއިދު ކުރައްވައި އެކަން އިއުލާން ކުރެއްވި ބޭފުޅަކީ މަހުލޫފެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ނެރެވޭ އިންތިގާލީ ކެންޑިޑޭޓް ވެރިކަމަށް ހޮވާނީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލައި ވޯޓާސް ލިސްޓަކުން ކަމަށާއި އެ ލިސްޓު ގުޅިފައިވާ ޕާޓީތަކުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައި ވެސް ލެވިދާނެ ކަމަށެވެ.