ވިޔަފާރި

ބައިނަލްއަގުވާމީ ރަން އެވޯޑެއް އަމާނާތަކާފުލް އަށް

Oct 26, 2017

ދެކުނު އޭޝިޔާގެ އިސްލާމިކް ފައިނޭންސް ފޯރަމް (އައިއެފް.އެފްއެސްއޭ) ގެ ފަރާތުން ދޭ، "ތަކާފުލް އެންޓިޓީ އޮފް ދި އިޔައާ – "ގޯލްޑް އެވޯޑް" އަމާނާތަކާފުލް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އައި.އެފްއެފްއެސްއޭ ގެ ދެވަނަ ސަރަހައްދީ ފޯރަމްގެ ގަލާ އިވެންޓް އޮތީ ސްރީލަންކާގެ ރަމާޑާ ހޮޓަލުގައެވެ. މިއީ، އަމާނާ ތަކާފުލް އަށް މިއެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ އަހަރެވެ. އެވޯޑް ދިނުމުގައި ބަލާފައިވަނީ އަމާނާ ތަކާފުލްއަށް ލިބެމެންދާ ކުރިއެރުންތަކަށާއި، ކުންފުނީގެ އުފެއްދުންތެރިކަމާއި، އަދި ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށެވެ.

އިސްލާމިކް ފައިނޭންސް ދިވެހިރާއްޖެއަށް މީގެ 14 އަހަރުކުރިން ތަޢާރަފުކުރުމުގައި އަމާނާ ތަކާފުލްގެ ފަރާތުން ކުޅެފައިވާ ރޯލުގެ އިތުރުން އަމާނާ ތަކާފުލް އަކީ ދިވެހިރާއްޖޭގައި ލިސްޓްކުރެވިފައިވާ ހަމައެކަނި އިންޝުއަރަންސް ކުންފުންޏެވެ. އަމާނާ ތަކާފުލްގެ ފަރާތުން އިސްލާމީ އުސޫލުތަކަށްފެތޭ ތަކާފުލްގެ ޚިދުމަތްތައް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެއެވެ. އަމާނާ ތަކާފުލްގެ އަމާޒަކީ ތަކާފުލްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ އަށް ނަމޫނާއެއްގެ ގޮތުގައި ދެމިތިބޭށެވެ.

މިއެވޯޑުގެ މަގްސަދަކީ ދެކުނު އޭޝިޔާ ސަރަޙައްދުގެ އިސްލާމިކް ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ އަށް ކޮށްދޭ މަސައްކަތުގެ އަގުވަޒަންކޮށް އެފަދަ ފަރާތްތަކަށް ހިތްވަރުދިނުމެވެ. މިހަފްލާގައި ތަފާތު ގިނަގުނަ ދާއިރާތަކުން އިސްލާމިކް ފައިނޭންސް އިންޑަސްޓްރީގެ ކުންފުނިތަށް ވާދަކޮށްފައިވެއެވެ. އެވޯޑަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކުގެ ޚިދުމަތް ވަޒަންކުރުމަށް ޖަޖުންގެ ޕެނަލުން ވަނީ ވަރަށް ފުރިހަމަ ދިރާސާއެއް ކޮށްފައިވެއެވެ.

އަމާނާ ތަކާފުލްއަށް މިލިބުނު ކާމިޔާބީއަކީ ކުންފުނީގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން ކުންފުނި ގިރާކުރަމުންދާ ހަރުފަތްތަކުގެ ނަތީޖާ އެވެ. އަދި، މިފުރުސަތުގައި ކުންފުނީގެ ކަސްޓަމަރުންނަށް މެނެޖްމަންޓާއި މުވައްޒަފުންގެ ފަރާތުން މަރުހަބާ އާއި ޝުކުރު ރައްދުކުރަމެވެ.