ވިޔަފާރި

އަަގޯޑާ އިން އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް!

Oct 27, 2017

އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާ ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.

ގޯޑާ އާއި އުރީދޫ ޕާޓްނާޝިޕެއް ގާއިމްކޮށް ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ދޭނެ ކަން އެކުންފުނިން އިއުލާން ކުރީ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ބައިވެރިންނަށް ބޭއްވުނު ހަފްލާގަ އެވެ. އެ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްހާން ވިދާޅުވީ ކްލަބް ޕްރިމިއާ މެމްބަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތެއް ދީ، ފައިދާތަކާއި މަންފާތައް މަގުފަހިކޮށްދޭން އަބަދުވެސް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަގޯޑާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިގެން ދާނެ ކަމަށް ނަޖީބްހާން ވިދާޅުވި އެވެ.

"އަގޯޑާއާއެކު މިއަދު އިއުލާނުކުރެވުނު ޕާޓްނާޝިޕާއެކު މިއަދަކީ އަޅުގަނޑުމެންގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ވަރަށް ހާއްސަ ދުވަހެއް، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއާ މެމްބަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް، މި ފުރުސަތުގައި އަޅުގަނޑުމެންގެ ޕާޓްނާ އަގޯޑާއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން، އަދި ކުރިމަގުގައި ވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ނަޖީބްހާން ވިދާޅުވި އެވެ.

އުރީދޫ ކްލަބް ޕްރިމިއާޕްރޮގްރާމް ފެށުނުފަހުން އުރީދޫ އިން ދަނީ އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބެނިވި ގޮތަށް ހިދުމަތް ބައްޓަން ކުރަމުންނެވެ. އެގޮތުން ދާދިފަހުން ހުޅުވުނު ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތެއްގެ އިތުރުން، ކްލަބް ޕްރިމިއާ މެންބަރުންނަށް މަތީ ފެންވަރުގައި ހިދުމަތް ލިބިދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.