ވިޔަފާރި

ޒުވާން ވިޔަފާރިވެރިން އުފައްދަން "ސްޓާޓަޕް ވީކެންޑް" ފަށައިފި

Oct 28, 2017

ޒުވާން ވިޔަފާރިވެރިން އުފައްދަން ޔޫއެންޑީޕީ އާއި ދިރާގު އެންޓަޕްރައިޒް ޑިވެލޮޕްމަންޓް (އީޑީ) ގުޅިގެން ޓެކްސްޓާސް ގްލޯބަލްގެ "ސްޓާޓަޕް ވީކެންޑް" ރާއްޖޭގައި ފަށައިފި އެވެ.

ޓެކްސްޓާސް ގްލޯބަލް އަކީ ސާޗް އިންޖިން ގޫގުލްއާ ގުޅިގެން ޒުވާނުންނަށް ފުރުުސަތު ތަނަވަސްކޮށްގެން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެކެވެ.

އާޓް ގެލަރީގައި ކުރިއަށްދާ "ސްޓާޓަޕް ވީކެންޑް" ފަށަން ބޭއްވި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ، ޒުވާނުންނަށް ފުރުސަތުތަށް ތަނަވަސްކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ، އީޑީއިން އިސްނަގައިގެން ކުރިއަށްދާ، "ސްޓާޓަޕް ވީކެންޑް" މިއަދުގެ ނިޔަލަށް އޮންނާނެ އެވެ. ސްޓާޓަޕް ވީކެންޑުގައި ދެއެއް ހިމެނެ އެވެ. ފުރަތަމަ ބައިގައި ހިމެނެނީ މި ޕްރޮގްރާމުގައި ބައިވެރިވާ ބައިވެރިންގެ ގުޅުން ވަރުގަދަ ކުރަށް ބާއްވާ ނެޓްވޯކިން ހަރަކާތްތަކެވެ. އަދި ދެވަނަ ބައިގައި ކުރިއަށްދާނީ މާހިރުންގެ ދޭ ފިލާވަރުތަކުގެ އިތުރުން ވިޔަފާރީގެ ވިސްނުން ތަރައްގީކޮށް، އުފެއްދުންތައް ތައްޔާރު ކުރުމުގެ ބައެވެ.