ވިޔަފާރި

ސަޓާއިން އައްޑޫގެ އުފެއްދުންތެރިކަން ވިއްކަން ހާއްސަ ހަރަކާތެއް

Oct 28, 2017

ސައުޓް އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) އިން އައްޑޫ އުފެއްދުންތެރިކަން ވިއްކަން ހާއްސަ ހަރަކާތެއް ހިންގައިފި އެވެ.

ހައިރައިޒް އިން އިންތިޒާމު ކޮށްގެން ބާއްވާ ދެކުނު ސަޓާ އެވޯޑުގައި އިއްޔެ އޮތީ، "ސަޓާ އޮޕަޗޫނިޓީ އެންޑް ކޮންވަޒޭޝަން" ގެ ނަމުގައި ނެޓްވޯކިން ސެޝަންތަކެވެ. ގަން، އީކުއޭޓާ ވިލެގުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ހޮޓާތަކާއި ރިސޯޓުތައް އަދި އެއާލައިންތަކުން ވެސް ބައިވެރިވި އެވެ. މި އިވެންޓުގައި އުރީދޫން ވަނީ ބުކިންޑޮޓްކޮމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މީގެ އިތުރުން ސަޓާ އެވޯޑާ ދިމާކޮށް، އައްޑޫ ވުމެން ޑިވްލޮޕްމަންޓް ކޮމެޓީއިން ވަނީ އުފެއްދުންތެރިކަމުގެ މައުރަޒެއް ބާއްވާފަ އެވެ. މި މައުރަޒުގައި އައްޑޫގައި އުފައްދާ ގިނަ ބާވަތްތަކެއް ވިއްކާފައިވެ އެވެ.

ދެކުނު އޭޝިޔާއަށް ހާއްސަކޮށް ބާއްވާ، ޓޫރިޒަމް މި އެވޯޑުގެ ގާލާ އިވެންޓް އޮނާނީ މިރެ އެވެ. މި ހަރަކާތުގައި އެންމެ ފުރިހަމަ ހޮޓާ އަދި ރިސޯޓުތަކަށް އެވޯޑު ދޭނެ އެވެ.