ހެޕީ މާކެޓް

ޔެސް! ހެޕީމާކެޓުން މިދެނީ ބޮޑު ޑިސްކައުންޓެއް

Oct 29, 2017

ހެޕީމާކެޓަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި "ޔެސް 2017" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ގަނޑުކޮށް މުދާ ނަގާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު އެކަކުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ހެޕީމާކެޓުން ބުނީ "ޔެސް 2017" ޕްރޮމޯޝަންގައި ބިޒްނަސް ކްލައިިންޓުންނަށް ގަނޑުކޮށް މުދާ ނެގުމުން ފަސް ޕަސެންޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ހާއްސަކޮށް ދެ ބްރޭންޑަކުން ޑިސްކައުންޓް ދޭނެ އެވެ. ހެޕީމާކެޓުން ވިއްކާ ހާޝީސް ޗޮކްލެޓާއި މިފަހުން ތައާރަފްކުރި ޓޮބެސްކޯ ހޮޓްސޯސް އެވެ. މީގެ އިތުރުން ވެސް އެ ކުންފުނިން އެތެރެކޮށް ވިއްކާ އޮލްޑަންބާގާހެ އިތުރުން ކުކުޅާއި ބީފް ފަދަ މަހުގެ ބާވަތްތައް ވެސް ހާއްސަ އަގުތަކެއްގައި ލިބޭނެ އެވެ.

ހެޕީމާކެޓުގެ މާކެޓިން މެނޭޖަރު އަބްދުﷲ ނައީމް ވިދާޅުވީ އެ ކުންފުންޏަށް 25 އަހަރު ފުރިފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ބާވަތްތަކުގެ ކާނާ ހޯދައިގެން ރާއްޖެ އެތެރެކޮށް އެ ތަކެތި ރާއްޖެއިން ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި "ޔެސް 2017" ޕްރޮމޯޝަނަކީ ހެޕީމާކެޓްގެ ލޯޔަލް ކަސްޓަމަރުންނަށް އެ ކުންފުނިން އެތެރެކުރާ ކެއިން ބުއިމުގެ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމަށް އޭނާ ވިދާޅުވި އެެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު، ހެޕީމާކެޓުން ވަނީ ރަހަ ދެއްކުމުގެ ހަރަކާތްތަކެއް ހިންގަން ވެސް ނިންމާފަ އެވެ. އެގޮތުން އެ ކުންފުނިން މިދިޔަ ހަފްތާގައި ހުޅުވި ހެޕީމާކެޓް ޝޮޕް 5 ފިހާރައިން ޑިސެމްބަރު މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00އިން 11:00 އަށް އަދި ހަވީރު 17:00 އިން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު 21:00އިން 22:00 އަށް ތަފާތު ބްރޭންޑްތަކުގެ ކާނާ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.