ހަބަރު

އަންނައުނާއި ސައިކަލުން ޑިއުޓީ ކުޑަކޮށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

Apr 27, 2015

އަންނައުނުން ޑިއުޓީ ކަނޑާލައި ސައިކަލުން ޑިއުޓީ ކުޑަކޮށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ކުރިން ގެނެސްފައި އިސްލާހު އޮތްގޮތުން ކުރިން އެއްގޮތަކަށް ވެސް ޑިއުޓީ ނުނަގާ ބާވަތެއް ކަމަށްވާ އަންނައުނުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 15 ޕަސެންޓްގެ ޑިއުޓީއެއް ނަގަންޖެހޭނެ އެވެ. އަދި ސައިކަލުގެ ޑިއުޓީގެ ގޮތުގައި ކުރިން ދައްކަމުންދިޔަ 100 އިންސައްތައިގެ ބަދަލުގައި އެ އަދަދު 150 ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް އެ އަދަދުތައް ކުރިން ހުރި މިންވަރަށް ކުޑަކުރަން ސަރުކާރުން ފަހުން ވަނީ ނިންމައިފަ އެވެ.