ހަބަރު

ބިދޭސީއަކަށް މަރުގެ އިންޒާރުދިން ދެ މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

Apr 27, 2015

ބިދޭސީ ވޭޓަރަކަށް މަރުގެ އިންޒާރުދީ ހޮޓަލުގެ ތަކެއްޗަށް ގެއްލުންދިން ދެ މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ރޭ މެންދަމު 12:30 އެހާކަންހާއިރު ދެ މީހުންނާއި ކުޑަކުއްޖާ ހައްޔަރު ކުރީ ހޮޓެލް މެމޯރިއަލް ތެރެއަށް ވަދެ މަރުގެ އިންޒާރުދީ ތަކެއްޗަށް ގެއްލުންދީގެނެވެ.

ފުލުހުން ބުނީ ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކީ މީގެ ކުރިން ހަތަރު ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ދެ މައްސަލައެއްގައި ދަޢުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާއިރު  ދެވަނަ މީހާ އާއި ކުޑަކުއްޖާއަކީ  ވެސް ރިކޯޑްތައް އޮތް މީހުނެވެ.

މި ހާދިސާ ހިނގި އިރު މާލޭގެ ހޮޓަލެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ވޭޓަރަކަށް ހަމަލާދީ ވަނީ މަރާވެސް ލާފައެވެ. އަދި އޭގެ ފަހުން ވެސް ގިނަ އަދަދެއްގެ ބިދޭސީންނަށް އެކި ފަހަރު މަތިން ވަނީ ހަމަލާދީފައެވެ.