ހަބަރު

އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ފާރިޝް ހުށަހަޅައިފި

Apr 27, 2015
1

ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ފާރިޝް މައުމޫން އެ އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އަންނަ ޖޫން މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ބަންދުވާއިރު ފާރިޝް މިއަދު މެންދުރުފަހު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ، އެ އިންތިޚާބުގައި ވާދަކުރަން ހުށަހަޅައިފަ އެވެ. އެކަމަށް އެދޭ ފޯމް ހުށަހަޅަން ބޭއްވި ހަފުލާގައި ޕީޕީއެމްގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރަނީ އަހުމަދު ރާޒީ އެވެ. އޭނާ މިހާތަނަށް އައިއިރު ފޯމް ހުށަހެޅިކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.