ނަސްރުގެ ދުވަސް

ނަސްރުގެ ދުވަހާ ގުޅޭ ފޮޓޯއެއް ހަދިޔާ ކޮށްފި

Nov 3, 2017
3

ރާއްޖޭގެ ފޮޓޯގްރަފީ ބްރޭންޑެއް ކަމަށްވާ "އެލީޒް" އިން ނަސރުގެ ދުވަހާ ގުޅޭ ފޮޓޯއެއް ޑިފެންސް މިނިސްޓްރީއަށް ހަދިޔާކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި މި ފޮޓޯ ހަވާލު ކޮށްދެއްވީ އެލީޒް ބްރޭންޑްގެ އަލީ މުހައްމަދެވެ. ޑިފެންސް މިނިސްޓްރީން ފޮޓޯއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އާދަމް ޝަރީފެވެ.

އެ ހަފުލާގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ޒުވާނުން ގައުމީ ވިސްނުމުގައި ސާބިތުވެ ތިބުމަށާއި އަދުއްވުންގެ ކިބައިން ގައުމު ސަލާމަތްކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އިތުރަށް ވިދާޅުވީ މިއަދު ހަދިޔާކުރި، ފޮޓޯއަކީ ދިވެހި ސިފައިން ގައުމަށްޓަކައި ވާ ގުރުބާނީގެ އަގު އަމިއްލަ ފަރުދުން ފާހަގަކޮށް ގައުމީ ލޯބީގައި ދިވެހި ޒުވާނުން ތިބިކަން ހާމަކޮށްދޭ ރަމްޒެއްކަމަށެވެ.

މި ހަދިޔާ ކުރި ފޮޓޯއިން ދޭހަކޮށްދެއްވީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ދިވެހި ސިފައިންވި ގުރުބާނީ އާއި ހިތްވަރު ގަދަކަމާއި ނުގުޑާފަދަ އަޒުމެއްގައި ސާބިތުކަމާއެކު ވަތަނުގެ ހައްގުގައި ހިތްވަރާއެކު ތެދުވެ، ދިވެހި ދިދަ އުފުލާލާ މަންޒަރެވެ.