ހަބަރު

ލިސްޓީރިއޯސިސް ޖަރާސީމް ހުރި ކާބޯތަކެތި ރާއްޖޭގައި ހުރިތޯ ބަލަން ފަށައިފި

Apr 27, 2015

ލިސްޓީރިއޯސިސް ޖަރާސީމް ހުރި ކާބޯތަކެތި އެތެރެ ކުރާ ބައެއް ގައުމުތަކުން ރާއްޖެއަށް އެފަދަ ބާވަތްތައް އެތެރެކޮށްފައިވޭތޯ ބަލަން ފަށައިފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) މިއަދު ނެރުނު ފުޑް އެލާޓެއްގައި ބުނީ މި ބަލީގެ ޖަރާސީމް ފެތުރިފައި ހުރި ބާވަތްތައް އެތެރެ ކުރާ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ބައިނަލް އަގްވާމީ ފުޑް އެލާޓް ނެޓްވޯކް އިން ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް  ޖަރާސީމް ހުރި ތަކެތި ފެތުރުފައިވާ ގައުމުތަކުން ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ކަމަށެވެ

އެފްޑީއޭއިން ބުނީ މިހާތަނަށް ބެލި ބެލުމުގައި އެ ބަލި ހުރި ކަމަށް އެމެރިކާގެ ރަސްމީ އިދާރާ ތަކުން ބުނެފައިވަނީ ބްލޫ ބެލް ކްރީމެރީސް ގެ އައިސް ކްރީމްއާއި އެކުންފުފުނިން އުފައްދާ ގަނޑު ކޮށްފައި ހުންނަ ކާބޯތަކެތީގައި ކަމަށެވެ.

ލިސްޓީރިއޯސިސް ޖަރާސީމްގެ މައްސަލައިގައި އެމެރިކާގެ ފުޑް އެންޑް އެޑްމިނިސްޓރޭޝަން އާއި ޔޫއެސް ސެންޓަ ފޮ ޑިޒީޒް ކޮންޓޮރޯލް އެންޑް ޕްރިވެންޝަން އިން މިހާރު ވެސް ގެންދަނީ ދިރާސާ ކުރަމުންނެވެ. ލިސްޓީރިއޯސިސް ޖަރާސީމް ހަށިގަނޑުގެ އެތެރެއަށް ދިޔުމުން ހުން އައިސް ހަށިގަނޑުގެ މަސް ތަކުގައި ރިއްސަ އެވެ.

މީގެ ކުރިން ވަނީ ލިސްޓީރިއޯސިސް ބަލި ޖައްސާ އާފަލު ރާއްޖެއިން ފެނިފައެވެ.