ލައިފްސްޓައިލް

ގާތުގައި ބާއްވައިގެން ނިންދަވާ ކުދިން ނަފްސާނީ ބަލިތަކާއި ދުރު

Nov 7, 2017

ދަރިން ލިބުމަކީ މުޅި މީހާގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެކެވެ. ވިސްނުމާއި އާންމު ދިރިއުޅުމަށެވެ. އެންމެ ހާއްސަކޮށް "ސްލީޕިން ޕެޓާން" ނުވަތަ ނިދަން ގެންގުޅޭ އުސޫލުތައް ބަދަލުކޮށްލަ އެވެ. ކުޑަކުދިން ގާތުގައި ބާއްވައިގެން ނިދަން ބިރުގަތް ނަމަވެސް އަމިއްލަ ދަރިފުޅު ލިބޭ ހިސާބުން އެ ބިރު ފިލާ ދަރިފުޅު ގާތުގައު ބާއްވައިގެން ނިދުމަކީ އާދައަކަށް ވެދެ އެވެ. ގިނަ މީހުންނަށް ވަނީ އެހެންނެވެ.

ކުއްޖާގެ އެންމެ ތުއްތު އުމުުރުގައި މައިމީހާގެ ގާތުގައި ބާއްވައިގެން ނިދުމަކީ ކުއްޖާގެ ސިއްހަތަށް އެކަމުން އެތައް ފައިދާއެއް ލިބޭނެ ކަމެކެވެ. އެހެން ނަމަވެސް ފަހުން ކުއްޖާގެ ސިކުނޑީގެ ދުޅަހެޔޮކަމަކަށް އެއްވެސް ތަފާތު ބަދަލެއް ނުގެންނާނެ ކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

އާކައިވްސް އޮފް ޕީޑިއޭޓްރިކްސް އެންޑް އެޑޮލެސެންޓް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ ގާތުގައި ބާއްވައިގެން ތުއްތު ކުދިން ނިދުމަކީ އެކުދިންނަށް އަރާމު ނިންޖެއްވެސް ލިބުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެކުދިންނަށްވުރެ ރަނގަޅަށް އެކުދިން ނިދާނެ ކަމަށެވެ.

ތުއްތު އުމުރުގައި ގާތުގައި ބާއްވައިގެން ނިދުމަކީ ނަފްސާނީ ގޮތުންވެސް ކުއްޖާ ދުޅަހެޔޮކޮށްދޭނެ ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެގޮތުން އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތަކުން ކުއްޖާ ދުރުކޮށްދޭނެ ކަމަށްވެ އެވެ.

ޖާނަލް އޮފް އެފެކްޓިވް ޑިސްއޯޑާސްގައި ޝާއިއުކޮށްފައިވާ އެހެން ދިރާސާއެއްގައި ބުނެފައިވަނީ ތުއްތު ކުދިންނާއި ކުޑަކުދިންނަށް އެކިއެކި ގޮތްގޮތުންނާިއ ދާއިރާތަކުން ލޯތްބާ އަޅާލުން ބޭނުންވާނެ ކަމަށެވެ. އަދި އެ ލޯތްބާއި އަޅާލުން ނުލިބޭނަމަ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ބަލިކަށިވާނެ ކަމަށެވެ.