ހަބަރު

ބޭރުގެ ނުފޫޒަށް ބެލުމެއް ނެތި ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ކުރާނަން: ރައީސް

Apr 27, 2015
1

ރާއްޖޭގެ ކޯޓުތަކުން އިއްވާ ހުކުމްތައް ތަންފީޒު ކުރުމުގައި ސަރުކާރުން ބޭރުގެ ފަރާތްތަކުގެ ކިބައިން ނަގަން ޖެހޭ ހުއްދައެއް ނޯންނާނެ ކަމަށާއި ބޭރުގެ ޕްރެޝަރުތަކަށް ބޯނުލަބާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަން ކުރާނެ ގޮތްތައް ބޭރުގެ ފަރާތްތަކަށް ބުނެނުދެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގައި ލިޔަން ޖެހޭ ގޮތްތަކާއި އެކަން އޮންނަން ޖެހޭނެ ގޮތަކީ މިއީ ކަމަށް ބުނެ ރާއްޖެއަށް ކަންތައްތަކެއް މަޖުބޫރު ވެސް ނުކުރެވޭނެ ކަމަށެެވެ. ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަށް ބޭރުގެ ޕްރެޝަރުތަކާއި ފިއްތުންތައް ހުންނާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ޕްރެޝަރެއް ކުރިއަށް ގާނޫނުގައި އޮންނަ ގޮތަކަށް ނޫން ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ބޭރުގެ ފަރާތްތަކަށް އައިސްފައި ނުބުނެވޭނެ މިގައުމުގައި މީހުން ރަހީނު ކުރުން އެއީ ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށް ކަލޭމެންގެ ޤާނޫނުގައި ނުލިޔެވޭނެއެކޭ. އެއީ އަޅުގަނޑުގެ ވެރިކަމެއްގައި އަޅުގަނޑު އެދޭނެ ގޮތެއް ނޫން. “ބޭރުގެ ފަރާތްތަކަށް އައިސްފައި ނުބުނެވޭނެ މިގައުމުގައި މީހުން ރަހީނު ކުރުން އެއީ ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށް ކަލޭމެންގެ ޤާނޫނުގައި ނުލިޔެވޭނެއެކޭ. މިގައުމަށް ލޯބި ކުރާ މި ގައުމުގެ ރައްޔިތުން އަޅުގަނޑުމެންގެ ކަންކަން ކުރާނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ އާންމު މަސްލަހަތު ގަބޫލު ނުކުރާ ބަޔަކު ވެސް ގައުމުގައި ތިބޭނެކަން ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު ނަގާލައި ގައުމުގެ ސިޔާދަތައް ގެއްލުންދޭ އުޅޭ ބަޔަކު ވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތަކުގެ ކިބައިން މި ގައުމު ސަލާމަތް ކުރުމަށް ސިފައިން އެފަދަ ކޮންމެ ދަނޑިވަޅެއްގައި ނިކުންނަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިފައިން ވާން ޖެހޭނީ ރާއްޖޭގެ ގާނޫނީ ވެރިކަމާއި ދައުލަތަށް ހިމާޔަތް ކުރާނެ ބަޔަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ސިފައިން ފަސް ނުޖެހި ތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.