ވިޔަފާރި

ވެލިގާގެ "މެޓާބޯ" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Nov 8, 2017

ވެލިގާ ހާޑްވެއާ އިން ދާދި ފަހުން ރާއްޖެއަށް ތައާރަފް ކުރި ޖަރުމަނުގެ މަޝްހޫރު "މެޓާބޯ" ޕަވާ ޓޫލްސް ތައާރަފްކުރުމާ ގުޅުވައިގެން އެ ކުންފުނިން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މެޓާބޯ ޓޫލްސްގެ ޕްރޮމޯޝަނެއް ވެލިގާއިން ކުރިއަށް ގެންދިޔައީ ނަސީބުވެރި ތިން ފަރާތެއް ހޮވައި އިނާމް ދޭ ގޮތަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާގެ ވައުޗަރެއް ދެއެވެ. ދެ ވަނަ ފަރާތަކަށް 10،000 ރުފިޔާގެ ވައުޗަރެއް ދޭއިރު ތިން ވަނަ ފަރާތަކަށް 5000 ރުފިޔާގެ ވައުޗަރެއް ދެ އެވެ.

ވެލިގާގެ ޖަނަވަރީ މަގު ފިހާރައިގައި ރޭ ބޭއްވި ގުރު ނެގުމުގައި، އެއް ވަނަ ނަސީބުވެރިއަކަށް ހޮވިގެން 15،000 ރުފިޔާގެ ވައުޗަރު ލިބުނީ ހާމިދު ކިޔާ ބޭފުޅަކަށެވެ. އަދި ގުރުއަތުން ދެވަނައަށް ހޮވިގެން 10،000 ރުފިޔާގެ ވޮއުޗަރު އަހުމަދު ފިރާގު އަށް ލިބުނު އިރު ތިން ވަނައަށް ހޮވިގެން 5،000 ރުފިޔާގެ ވައުޗަރު ލިބުނީ މުހައްމަދު އިމްރާން އަށެވެ. ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރުމަށް މި ވައުޗަރުތައް ބޭނުން ކުރެވޭނެ އެވެ.

މެޓާބޯ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން.

އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ދަށުން މެޓާބޯގެ 1،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 100 ރުފިޔާގެ އަގުހުރި މެޓާބޯގެ ސާމާނު ދިން އިރު، ކޮންމެ 10،000 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް 1000 ރުފިޔާގެ މެޓާބޯ އިތުރު ސާމާނު ވަނީ ދީފަ އެވެ.

މަސަކައްކަތްތެރިންގެ މެދުގައި މުޅި ދުނިޔޭގައި އިތުބާރު ހޯދާފައިވާ މެޓާބޯ ޕަވަޓޫލްސްއަކީ، ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން ގެންދާތާ 90 އަހަރުވެފައިވާ އިތުބާރުހުރި ޕަވާ ޓޫލްސްތަކެކެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާއަށް އަންނަ އަހަރު 10 އަހަރު ފުރޭއިރު، މިހާތަނަށް މާލެ، ހުޅުމާލޭ އާއި އެކޮށް ފަސް ފިހާރައެއް ހުޅުވާފައިވެއެވެ. ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑެއްގެ ކޮލިޓީ އުފެއްދުންތަކެއް މަސައްކަތްތެރިންނާއި ހަމައަށް ފޯރުކޮށްދީފައި ވެއެވެ.