ހަބަރު

އުފާވެރި ހަބަރެއް، އީޕީއެލްގެ ތަރިން ރާއްޖެ ގެންދަނީ!

ލަންޑަނުން: Mundoo Adam Halym
Nov 8, 2017
8

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ވައިޑީޕީއަށް އެހީވ ދިނުމުގެ ގޮތުން އިނގިރޭސި ޕްރިމިއާލީގް (އީޕީއެލް) ގެ ތަރިން ލީގްގެ އޮފް ސީޒަން ތެރޭގަ އާއި ބްރޭކްތަކުގައި ރާއްޖެ ގެންދިއުމުގެ މަޝްވަރާތައް އެމްއެމްޕީއާރްސީއިން ފަށައި އެކަމުގައި ކާމިޔާބު ހޯދައިފި އެވެ.

އިނގިރޭސި ވިލާތުގެ އެކްސެލް ލަންޑަން، ވިކްޓޯރިއާ ޑޮކްގައި މިއަދުގެ ނިޔަލަށް ކުރިޔަށްދާ ވޯލްޑް ޓްރެވެލް މާކެކްޓް (ޑަބްލިޔޫޓީއެމް) ގެ ދިވެހި ސްޓޭންޑްގެ މީޑީއާ ރޫމުގެ ހަވާސާގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ޝިއާން އާއި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ ބާކްލޭސް ޕްރިމިއާ ލީގަކީ ދުނިޔޭގައި އޮތް އެންމެވަރު ގަދަ، އެންމެ މަޝްހޫރު އަދި އެންމެ ތަރިން ގިނަ ލީގު ކަމަށެވެ.

އަދި ވިދާޅުވީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ މަޝްހޫރު ތަރިންގެ އޮފް ސީޒަންގަ އާއި ކުޅުންތެރިންގެ ބްރޭކްތަކުގައި ރާއްޖެ ގެންދެވިއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބޫސްޓެއް ލިބުމުގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ވައިޑީޕީއަށް ވެސް ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ބާކްލޭސް ޕްރިމިއާ ލީގަކީ އެންމެ މަޝްހޫރު އަދި އެންމެ ވާދަވެރި ބޮޑު ލީގު، އަދި އިނގިރޭސި މީޑީއާގެ ސަމާލުކަން އެހާ ބޮޑު ލީގަކަށް ވުމުން އެ ލީގުގެ ޓޮޕް ކްލަބުތަކުގެ ތަރިން ރާއްޖެއަށް ގެންދެވޭ ގޮތް ވުމަކީ ރާއްޖޭގެ ޓޫރިޒަމަށް ބޫސްޓަކަށް ވާނެ، އަދި ރާއްޖޭގެ ފުޓްބޯޅައިގެ ވައިޑީޕީއަށް ހޯދައި ދެވޭނެ ފުރުސަތަކަށް ވެސް އެކަންވާނެ،" ޝިއާން ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީ ހާރިސް ވިދާޅުވީ ރާއްޖެއަކީ ޕްރިމިއާ ލީގަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ގައުމަކަށް ވާއިރު ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގެ ވަރަށް ބޮޑު ފޭން ބޭސްއެއް ވެސް ރާއްޖޭގައި އޮތުމުން ޕްރިމިއާލީގުގެ ތަރިން ރާއްޖެއަށް ގެންދަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަކުގައި އުފާވެރި ހިސާބަކަށް ވެސް ދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަކަށް އެ ކްލަބުތައް ޕްރީ ސީޒަންގެ ފަރިތަކުރުންތަކަކަށް ނުގެންދެވޭނެ، އެއީ ފެސިލިޓީޒް ނެތުމާއި އަގު ވެސް ބޮޑު ކަމުން. އެކަމަކު ބްރޭކްތަކުގައި ވަކިވަކި ތަރިން ގެންދިއުމަށާއި އެކަޑަމީ ޓްރޭނިންތަކާއި ވޯކްޝޮޕްތަކާއި ކިޓް ޝޮޕިންއަށް ފުރުސަތު ހޯދައި ދެވޭތޯ މިދަނީ މަސައްކަތް ކުރަމުން، ޕްރީ ސީޒަން އިހަށް ޖެހޭނީ ހަނދާން ނައްތާލަން. އެކަމަކު ދެން ހުރި ކަންކަންކުރެވިދާނެ،" ހާރިސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ބުނީ އީޕީއެލްގެ ސްޓާރުން ރާއްޖެ ގެންދިއުމަށް ބާކްލޭސް އާ ހަމައަށް ނުގޮސް މިވަގުތު ވާހަކަ ދައްކަނީ ކްލަބްތަކާއި ބައެއް ކްލަބުތަކުގެ ރައީސުންނާއ ކަމަށާއި ކްލަބްތަކުން ވެސް އޮތީ ޕޮޒިޓްވްކޮށް ކަމަށެވެ.

ރާއްޖެއަށް މިހާރުވެސް އީޕީއެލްގެ ކްލަބްތަކުގެ ބައެއް ތަރިން ދަތުރު ކުރެ އެވެ. އަދި ރާއްޖޭގައި އީޕީއެލްގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑައި މެން ސިޓީ އާއި އާސެނަލް އާއި ލިވަޕޫލާއި ވަރަށް ބޮޑު ފޭން ބޭސްއެއް އޮވެ އެވެ.