ވިޔަފާރި

އޭސް ހާޑްވެއާ އިން ޖުމްހޫރީ ދުވަހަށް ހާއްސަ ސޭލެއް

Nov 9, 2017

އޭސް ހާޑްވެއާ އިން ރާއްޖޭގެ ޖުމްހޫރި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ސޭލްއެއް މިއަދު ފަށައިިފި އެވެ.

އޭސް ހާރޑްވެއާ "ނަސީބުވެރި" ޖުމްހޫރީ ސޭލްގެ ނަމުގައި ކުރިއަށް ގެންދާ މި ސޭލްގައި ހާއްސަ އިނާމުތަކެއް ލިބޭނެ އެވެ. މި ސޭލް ކުރިއަށްދާނީ މިމަހުގެ 11-13 އަށެވެ.

ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ އޭސް ހާޑްވެއާއިން ބުނި ގޮތުގައި މި ސޭލްގައި މި ޕްރޮމޯޝަން އަށް ހާއްސަކޮށް "ލަކް ޕޮޓް" ނަސީބު ގުޅިއެއް ފިހާރައިގެ ކައުންޓަރު މަތީ ބޭންދިފައިވާނެ އެވެ.

މި ނަސީބު ގުޅިން ނަމްބަރެއް ނެގުމަށް އެ ނަމްބަރު ޖަހާފައި އިންނަށް ރެކުން ބޭނުން އެއްޗަކަށް ވަރަށް ހާއްސަ ޑިސްކައުންޓް ލިބެ އެވެ. މި ރެކު ތަކުގައި 20-70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މި ރެކުގައި 100 ރުފިޔާގެ އަގު ހުރި ތަކެތި ވެސް ރެކެއްގައި ބެހެއްޓިފައި ހުންނާނެ އެވެ. އަދި މި ޕްރޮމޯޝަން އަށް ހޮވާލައިފައިވާ ތަކެއްޗަކީ ކަސްޓަމަރުންނަށް އެންމެ ކަމުދާނެ އެއްޗިއްސެވެ. މި ޕްރޮމޯޝަން ގައި ފިހާރަ އަށް ދާ ކޮންމެ މީހަކަށް ވެސް ބައިވެރި ވެވޭނެ އެވެ.

"މި ޕްރޮމޯޝަން އަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތިން ދުވަހަށް ބާއްވާ ޕްރޮމޯޝަން އެކެވެ. މިއީ ވަރަށް ރަގަޅު މުދާ ތަކެއް އަގު ހެޔޮކޮށް ލިބޭނޭ ޕްރޮމޯޝަން އެއްކަމުން މީގެ ބޭނުން އެންމެ ފުރިހަމަ ކޮށް ކަސްޓަމަރުން ހިފާނޭ ކަމަށް އުއްމީދު ކުރަމެވެ،" އޭސް ހާޑްވެއާއިން ބުނެފައިވެ އެވެ.

އޭސް ހާޑްވެއާ އަދި ހޯމްސެންޓަކީ 1986 ގައި އުފަންވި ކޯލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ކުންފުންޏެކެވެ. މިގޮތުން 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާޑްވެއާ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއިއެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ސަރަހައްދުގައި ހުޅުވުނު ފުރަތަމަ ފިހާރަ އެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާޑްވެއާގެ ދެ ފިހާރައަކީ ވެސް ދުނިޔޭގެ އެ ތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރާ މަގުބޫލް ކުންފުންޏެކެވެ.