ލައިފްސްޓައިލް

ފަންކާ އަޑު ނީވެންޏާ ނުނިދޭތަ؟

Nov 11, 2017
2

ބޮޑު ވެގެން އައީ ފަންކާ ޖަހައިގެން ނިދައިގެންނެވެ. އެއާ ކޮންޑިޝަން ނުވަތަ އޭސީ ދިރިއުޅުމަށް އައީ މީގެ ހައެއްކަ އަހަރު ފަހުންނެވެ. އޭގެ ކުރިން އަބަދުވެސް ނިދީ ފަންކާ ޖަހައިގެންނެވެ. އޭސީ ބޭނުންކުރަން ފެށިފަހުންވެސް ފަންކާ ނުޖަހާ ލޮލަށް ނިދި ނާންނަ މީހުން އުޅެ އެވެ. ބައެއް ބުނާ ގޮތުގައި އެއީ އެންމެ ޅައިރުން ފެށިގެން އެގޮތަށް ނިދަން އާދަ ވީ އެވެ. ފަހުންވެސް އެ އާދަ ބަދަލު ނުވަނީ އެވެ.

ފަންކާގެ އަޑު ނީވުނަސް ބައެއް ފަހަރު ނިދެ އެވެ. އެހެން ނަމަވެސް އެ ނިދި މަޑުވެފައި އަވަހަށް ހޭލެެވެ އެވެ. އަރާމުން ނިންޖަކަށް ނުވެ އެވެ. އަދި އެ ނިދިން ހިންހަމަ އެއް ނުޖެހެ އެވެ.

އެކަމާ ގުޅޭގޮތުން ސްލީޕް ފައުންޑޭޝަންތަކުން ހަދާފައިވާ ދިރާސާތަކުން ބުނަނީ ސިކުނޑި އަޑަށް ހޭނިފައި ހުރުމެވެ. ފަންކާ ނޫނަސް އެފަދަ މަޑު އެހެން އަޑެއް އިވޭނަމަވެސް އެމީހުންނަށް ނިދަން ފަސޭހަވެ އެވެ.

އެހެން ނަމަވެސް ބައެއް ސިއްހީ މާހިރުން ބުނަނީ ފަންކާގެ އަޑަކީ ސިއްހަތަށް އެންމެ އެކަށީގެންވާ ފައިދާއެއް ކުރާނެ އަޑެއް ނޫން ކަމަށެވެ. އެއީ ނިދާފައި އޮންނައިރު ކަރުތެރެ ހިއްކާލާ ސައިނަސް އަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެއީ އެލާޖީ އާއި ރޯގާ ޖެހި އިތުރަށް ފެތުރުމަށްވެސް މަގުފަހިވާ ކަމެއް ކަމަށްވެ އެވެ.

އޭގެ ހައްލެއް ގޮތުން "ވައިޓް ނޮއިސް" އަޑު އަހައިގެން ނިދަން އިރުޝާދުދެ އެވެ. އެހެން ނަމަވެސް އެ އަޑު އަހަން ރޭގަނޑު ހަތަރު ދަން ފޯނު ނުވަތަ ލެޕްޓޮޕް ކައިރީގައި ބާއްވައިގެން ނިދުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ. ވީހާވެސް ދުރުގައި އެތަކެތި ބެހެއްޓުން ރަނގަޅުވާނެ އެވެ.