ހަބަރު

ބްރިޖްގެ 67 ޕަސެންޓް ނިމިއްޖެ

Nov 14, 2017
3

މާލެ އާއި ހުޅުލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް" މަސައްކަތުގެ 67 ޕަސެންޓް ނިމިފައިވާ ކަމަށާއި ބްރިޖުގެ ހުރިހާ މަސައްކަތެއް ޝެޑިއުލާ އެއްގޮތަށް ބާރަށް ކުރިޔަށްދާ ކަމަށް ބްރިޖް ޕްރޮޖެކްޓް އެގްޒެކެޓިވް މެނޭޖަރު، މރ. ލިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބްރިޖްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލައި އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު މެންދުރު ފަހު 3:30 އަށް ނޫސްވެރިން ގެންގޮސް ޓްއާ ފެށި ވަގުތު މޫސޫން ގޯސްވުމުގެ ސަބަބުން ބްރިޖް ޓްއާ ރީ ޝެޑިއުލް ކުރުމަށް ފަހު މާލޭގެ ބޮޑުތަކުރުފާނު މަގަށް ހުންނަ ޕްރޮޖެކްޓް އޮފީސް ކޮމްޕްލެކްސްގެ މީޓިން ރޫމްގައި ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ނޫސްވެރިންގެ ބްރިޖް ޓްއާ ރީ ޝެޑިއުލް ކުރުމަށް ފަހު ލިން ވިދާޅުވީ ބްރިޖާ ބެހޭ ތަފުސީލް މައުލޫމާތު ފުރިހަމައަށް ދެވޭނީ ބްރިޖްގެ މަސައްކަތް ބަލައިލަން ވަގުތީ ފާލަން މައްޗަށް ދެވިގެން ކަމަށާއި ވިއްސާރައިގެ ސަބަބުން މިއަދު އެކަން ފުރިހަމަ ކޮށް ނުދެވުނީތީ މާފަށް އެދޭ ކަމަށާއި އެހެން ނަމަވެސް އެންމެ ފަހުގެ މައުލޫމާތެއްގެ ގޮތުގައި ބްރިޖްގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެ ކަމުގެހަބަރާއި ބްރިޖާ ގުޅޭ ހުރިހާ ކަމެއް އޮތީ "އަންޑަ ކޮންޓްރޯލް" ގައި ކަމަށް ދިވެހި ރައްޔިތުންނަށް ދަންނަވައި ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ލިން ވިދާޅުވީ ބްރިޖްގެ ތަނބުތަކުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައިވާއިރު އެ ތަނބުތަކާއެކު ޝެޑިއުލަށް ކުރިޔަށްދާ މަސައްކަތްތައް އަންނަ މާރިޗް މަހަށް ނިންމާނެ ކަމަށާއި މަސައްކަތަކާއި ޝެޑިއުލާއި ސްޕީޑްވެސް އޮތީ އަންޑަކޮންޓްރޯލްގައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިހާރު ހިނގާ ހުރީ މަސައްކަތަކީ ފެންމަތީގައި ކުރާ މަސައްކަތްތަކަށް ވުމުން ރާޅާއި އޮއިވަރާއި މޫސުމުގެ ސަބަބުން ކުރިން ހުރި ހުރިހާ ގޮންޖެހުންތައް ގޮސްފައިވާ ކަމަށާއި ދިވެހި ރާއްޖެއިން ބޭނުންވާ ބްރިޖް ކުރިންވެސް ތަކުރާރުކޮށް ބުނަމުން އަންނަ ތާރީހު، އަންނަ އަހަރުގެ ސެޕްޓަމްބަރަށް ނިންމާނެ ކަމަށެވެ.

"މަސައްކަތް ކުރަނީ އޭގެ ކުުރިޔަށް ޖުލައި 26 އަށް ނިންމަން މި ސްޕީޑްގައި އެ ޓާގެޓަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ލިން ވިދާޅުވީ ބްރިޖްގެ އެއް ތަނބުން އަނެއް ތަނބަށް ދުއްވާ ސްޓީލް ބޮސް ގާޑާތައް ޗައިނާ ގައި ތައްޔާރު ކުރަމުން އަންނަނީ ޝެޑިއުލާ އެއްގޮތަށް ބަރާބަރަށް ކަމަށާއި އަންނަ ޖެނުއަރީ މަސް ނިމެނޭއިރު އެ ތަކެތި މާލެއަށް ގެނެވި އެ އިންސްޓޯލް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ބްރިޖްގެ މަސައްކަތުގެ ބޮޑުބައި ފުރިހަމަ ވެފައިވާއިރު ދެކޮޅު ބްރިޖާ ގުޅޭ މަގުގެ ކަންކަން ވެސްކުރިޔަށް ދާކަމަށާއި އެކަން ކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އޮތޯރިޓީތަކާއެކު ކުރަން ޖެހޭ މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށެވެ.