ހަބަރު

ވަޅިން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފި، އެކަކު ސީރިއަސް

މާލޭގައި މިއަދު އިރުއޮއްސުނުއިރު ހިންގި މާރާމާރީއެއްގައި ތިން މީހެއްގެ ގަޔަށް ވަޅި ހަރައިފި އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި އެ މާރާމާރީގައި ޒަހަމްވީ ތިން މީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ތިން މީހުން ޒަހަމްވެފައި ވަނީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށާއި މާރާމާރީއެއްގައި ޒަހަމްވީ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުުކޮށްފައި ވޭތޯ އެހުމުން ބުނީ "އިތުރު ތަފުސީލު މިވަގުތު ހާމަކުރެވެން ނެތް" ކަމަށެވެ.

ނަަމަވެސް ހާދިސާ ހިނގީ ފަރީދީ މަގު އެމްއެޗްއޭ ފިހާރަ ކައިރީގައި ކަމަށް ބުންޏެވެ.