ހަބަރު

މާރާމާރީއާ ގުޅިގެން ފުލުހުން މާފަންނުގެ ގެއެއް ބަލައި ފާސްކުރަނީ

Nov 14, 2017

މިއަދު ހިންގި މާރާމާރީއާ ގުޅިގެން އެކަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމަށް މާފަންނު ގެއެއް ފުލުހުން ބަލައި ފާސްކުރަން ފަށައިފި އެވެ.

މިއަދު އިރުއޮއްސުނު ވަގުތު ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި މާރާމާރީގައި ތިން ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލައިފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުން ބުނީ މިއަދު ހިންގި މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހޯދުމަށް ފުލުހުން ދާދި ދެންމެއަކު ވަދެފައި ވަނީ މ. ސީނީ އަސުރުމާގެއަށް ކަމަށެވެ. އެ ގޭގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ނަމަވެސް އަދި ބަޔަކު ހައްޔަރު ކުރިކަމެއް ނޭނގެ އެވެ.

މިއަދުގެ މާރާމާރީގައި ޒަހަމްވި ތިން މީހުންނަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން އެވެ.