ހަބަރު

ތިން މީހުން ގަޔަށް ވަޅިހެރި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތިން މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްްސަލައިގައި މ. ސީނި އަސުރުމާގެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

މާރާމާރިއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މިރޭ އެ ގެ ބަލައި ފާސްކޮށް ބައެއް ގަރީނާވެސް ވަނީ ހޯދައިގެން ގެންގޮސްފައެވެ.

މިއަދު އިރުއޮއްސުނު ވަގުތު ފަރީދީމަގު، އެމްއެޗްއޭ ފިހާރަ ކައިރީގައި ހިންގި މާރާމާރީގައި ތިން ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލައިފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.

ފުލުހުން ބުނީ މިއަދު ހިންގި މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހޯދުމަށް ފުލުހުން ވަދެފައި ވަނީ މ. ސީނީ އަސުރުމާގެއަށް ކަމަށެވެ.

މިއަދުގެ މާރާމާރީގައި ޒަހަމްވި ތިން މީހުންނަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން އެވެ.