ވިޔަފާރި

1800 ވަޒީފާއަށް އަމާޒުކޮށް އިސްމެހެލާހެރަ މަޝްރޫއު ފަށައިފި

Apr 28, 2015

އަށާރަ ސަތޭކަ ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް އަމާޒުކޮށް އައްޑު އަތޮޅު "އިސްމެހެލަ ހެރާ" ގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް މިރޭ އިފްތިތާހު ކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ފެށި މި މަޝްރޫއުގެ ދަށުން އައްޑޫގައި 1800 ވަޒީފާ އިތުރު ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި ރިސޯޓުގެ މަޝްރޫއުގެ ދަށުން އައްޑޫގައި 600 އެނދު ތަރައްގީ ކުރުމްށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން ކަމަށާއި، މި މަސްރޫއުގެ ދަށުން ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ.