މޯލްޑިވްސް ކަސްޓަމްސް ސާވިސް

މުދާ ކްލިއާ ކުރަން ހޭދަވާ ވަގުތު ދެނެގަތުމުގެ ތަމްރީނެއް ފަށައިފި

Nov 20, 2017
1

ރާއްޖެއަށް އިމްޕޯޓް އެކްސްޕޯޓްކުރާ މުދާ ކްލިއާ ކުރަން ހޭދަވާ ވަގުތު ދެނެގަތުމާގުޅޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއާ ކުރަން ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި ކުރެވޭ ސާވޭ ނުވަތަ "ޓައިމް ރިލީސް ސްޓަޑީ" އެއް ހެދުމަށް ތައްޔާރު ވުމެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސް އާއި އިމްޕޯޓް އެކްސްޕޯޓާގުޅޭ ކަންތައްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް 38 މުވައްޒަފުން ބައިވެރިވި އެވެ.

މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ނުވަތަ "ޓައިމް ރިލީސް ސްޓަޑީ" އަކީ އިމްޕޯޓް އެކްސްޕޯޓާގުޅޭ ކަންތައްތައް ތަރައްގީކުރެވި ލުއި ފަސޭހަ ކުރެވިފައިވާ މިންވަރު ދެނެގަތުމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރިއަށްގެންދާ ސާވޭއެކެވެ.