ހަބަރު

ރޭޕް މައްސަލައެއްގައި ހޯދަން އިއުލާންކުރި މީހާ ހައްޔަރުކޮށްފި

Apr 28, 2015

އަންހެނަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ފޮރެންސިކް ތަހުލީލަށް ބިނާކޮށްގެން ހޯދަން ފުލުހުން މިއަދު އިއުލާން ކުރި މީހާ ހައްޔަރުކޮށްފި އެވެ.

ބ. ގޮއިދޫ ފަތިސް، ޔާމީން ފައިސަލް ހޯދަން ފުލުހުން އިއުލާން ކުރީ 35 އަހަރުގެ އަންހެނަކާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެނެވެ. ޔާމީންގެ މައްޗަށް އެ މައްސަލައިގެ ތުހުމަތު ކުރެވުނީ ފޮރެންސިކް ތަހުލީލުތަކުން ލިބުނު މައުލޫމާތުގެ އެހީގަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީގެކުރިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެ މީހުން ވެސް ހައްޔަރުކުރީ ފޮރެންސިކް ތަހުލީލުތަކުން ލިބުނު މައުލޫމާތުތަކުގެ އަލީގަ އެވެ.