ވިޔަފާރި

ވީއައިއޭ ފްރެންޗައިޒް އިމާރާތާ ހާދަ ވައްތަރޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މޫނުމަތިން ވަރަށް ރީތި އިމާރާތެއް އެބަ ފެނެ އެވެ. އަންނަ މަހު ހުޅުވަން ރާވަމުންދާ މި އިމާރާތަކީ އެއާޕޯޓަށް އަންނާނެ އިތުރު ފުރިހަމަ ކަމަކަށްވާނެ އެވެ. ބޭރުގެ ކާނާ ވިއްކާ ގިނަ ބްރޭންޑްތައް އަންނަ މި އިމާރާތުގެ ރީތި ކަމަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ. އެކަމަކު، މިފަހަރު އެހެން ވާހަކަ އެކެވެ. މި އިމާރާތާ ވައްތަރު އެހެން އިމާރާތެއް ދުށިން ހެއްޔެވެ؟ މި ފޮޓޯ އިން މި ފެންނީ މި އިމާރާތާ އެއްވައްތަރުގެ އެހެން އިމާރާތެއްގެ ކުރެހުމެކެވެ. އަޅެ، ވައްތަރެއް ނޫންހެޔެވެ؟

އާއްމު އުސޫލުން ފަހަރުގައި މިއީ އިއްތިފާގަކަށް ވުން ވެސް ގާތެވެ. ބޭރު ކުންފުންޏަކުން ފަރުމާކޮށްފައިވާ ރާއްޖޭގެ ފްރެންޗައިޒް ބިލްޑިންއާ ވައްތަރު ދެވަނަ ތަނެއް ހަދަން ފަށާފައިވަނީ، ޗައިނާގެ ޗިންގްޑައު ސިޓީގަ އެވެ. ރާއްޖޭގެ އިމާރާތާ ވައްތަރުކޮށް ހަދަނީ، ޗިންގްޑައު ކްރޫޒްލައިން ޓާމިނަލްގެ އިމާރާތެވެ.

މި ދެ ފޮޓޯ އަޅައި ކިޔައިލަމާ ހިނގާށެވެ.

ވީއައިއޭ ފްރެންޗައިޒް ބިލްޑިންގް އާއި ޗިންގްޑައު ކްރޫޒްލައިން ޓާމިނަލްގެ ދެ ފޮޓޯއިން ކުޑަ ތަފާތެއް ފާހަގަ ކުރެވެނީ ހަމައެކަނި އިމާރާތުގެ ފުރާޅުގައި ގެނެސްފައިވާ ކަތި ކަމަށެވެ. ނުވަތަ ބަނޑިބަނޑި ލެއްވުމަށެވެ. އަދި ޗިންގްޑައު ކްރޫޒްލައިން ޓާމިނަލްގެ މައި ފުރާޅުމަތީގައި އިތުރު ކުޑަ އިތުރު ފުރާޅެއް އަޅާފައިވެ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވި ގޮތުގައި ތިޔަ ފޮޓޯ ފެނިފައިވާ ކަމަށާއި، ނަމަވެސް ވީއައިއޭ ފްރެންޗައިޒް އިމާރާތަކީ ކުރިން ހަދާފައިވާ ތަނެއް ކަމަށެވެ.

"މި [ވީއައިއޭ ފްރެންޗައިޒް ބިލްޑިންގް] ތަން ނިމޭ ފަހުން ދޯ އެ [ޗިންގްޑައު ކްރޫޒްލައިން ޓާމިނަލް] އެ ތަން ޑިޒައިން ކުރަން ފެށީ. ހަދަން އުޅެނީ ވެސް. އިންޓް ކޭންބީ ކޯ އިންސިޑެންސް، އިޓް ކޭންބީ ވަޓްއެވާ ދެޓް އިސް، އެއްގޮތަކަށް ވެސް ނޭނގޭ،" ހަސަން ވިދާޅުވި އެވެ.

މި ތަން ނިމޭ ފަހުން ދޯ، އެ ތަން ޑިޒައިން ކުރަން ފެށީ. ހަދަން އުޅެނީ ވެސް. އިންޓް ކޭންބީ ކޯ އިންސިޑެންސް، އިޓް ކޭންބީ ވަޓްއެވާ ދެޓް އިސް، އެއްގޮތަކަށް ވެސް ނޭނގޭ
އެމްއޭސީއެލްގެ، ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް

ދުރުން ފެންނަ އިރު ރާޅު ތަކެއްގެ ގޮތުގައި ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ މި ހިތްގައިމު އިމާރާތް ހުންނަ ތަނުގައި ހަދާ ރެސްޓޯރެންޓް އައުޓްލެޓްތަކުގައި އެއް ފަހަރާ 300 މީހުންނަށް ކެއިން ބުއިމުގެ ހިދުމަތް ހޯދޭނެ ޖާގަ އޮންނާނެ އެވެ.

އަވަސްގައި ކުރިން، ލިޔެފައިވާ ފްރެންޗައިޒް ބިލްޑިންގެ އާޓިކަލް

ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ރާވައި ވަނީ ނިމިފަ އެވެ. މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ. މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. ޗައިނާގައި ތައްޔާރު ކޮށްގެން، ސްޓީލުން އޮނިގަނޑު ހަދައި، އަތުރާލާފައިވާ މި ފުރިހަމަ އިމާރާތް ފައްކާ ކުރަމުންދާ މި އިމާރާތުގެ ކުރެހުމަކީ ކޮޕީއެއް ހެއްޔެވެ؟ މި ސުވާލު ދޫކޮށްލާނީ ކިއުންތެރިންނަށެވެ.