ހަބަރު

ސައުދުﷲ އަތޮޅުގޭގައި ބައްދަލުވުން ބޭއްވުމުން އެތަން ފުލުހުންގެ ދަށަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ ސައުދުﷲ ޙިލްމީއާ އެކު ގދ އަތޮޅު ގޭގައި އެއަތޮޅު ކައުންސިލުން ބައްދަލުވުމެއް ބޭއްވުމުން ހޯމް މިނިސްޓްރީން އެތަން ފުލުހުންނާ ހަވާލުކުރަން އަންގައި އެތަނަށް ފުލުހުން ފޮނުވައިފި އެވެ.

ގދ. އަތޮޅު ކައުންސިލުގެ ރައީސް މިއަދު އަވަސްއަށް ވިދާޅުވީ ސައުދުﷲ އަތޮޅު ކައުންސިލާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވުން އެ ބައްދަލުވުން އަތޮޅު ގޭގައި ބާއްވަން ނިންމީ އެ ތަނަކީ އެ ކައުންސިލުގެ ހަވާލުގައި ހުރި ތަނަކަށްވާތީ ކަމަށެވެ. ނަމަވެސް ރޭގައި ބޭއްވި ބައްދަލުވުން ކުރިއަށް ދަނިިކޮށް ހޯމް މިނިސްޓްރީއިން ފޮނުވި ސިޓީއެއްގައި އަމުރުކޮށްފައި އޮތީ އެތަން ފުލުހުންނާ ހަވާލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުގައި ސިޔާސީ ހަރަކާތްތައް ހިންގާތީ ކަމަށް ހޯމް މިނިސްޓްރީގެ ސިޓީގައި ބުނެފައި އޮތީ. އެކަމަކު އަޅުގަނޑުމެން އެތާ ސިޔާސީ ހަރަކާތެއް ނުހިންގަންް. މެމްބަރު ސައުދުﷲ އާ ބައްދަލުކުރުން އެއީ ސިޔާސީ ކަމެއް ނޫން،" ގދ. އަތޮޅު ކައުންސިލްގެ ރައީސް ނާސިހު މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ ސިޓީއާ އެކު އަތޮޅުގެއާ ހަވާލުވާން ފުލުހުން އައި ކަމަށެވެ. ނަމަވެސް އެތަނުގެ އިންވެންޓްރީ ނެގުން ފަދަ އިދާރީ ކަންތައްތައް ނިންމުމަށް ފަހު ހަވާލުކުރީ މިއަދުގެ ރަސްމީ ގަޑީގައި ކަމަށް އޭނާ ވިދާޅުވި އެވެ. ގދ