ވިޔަފާރި

އޭސް ހާޑްވެއާއިން ހޮނިހިރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Nov 22, 2017

އޭސް ހާޑްވެއާއިން، އަންނަ ހޮނިހިރު ދުވަހު ހަވީރު ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

އެ ހަވީރު ބާއްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ރަސްރަނި ބަގީޗާގަ އެވެ. އޭސް ހާޑްވެއާ އިން ބުނީ އެ ހަވީރުގައި އާޓިސްޓެއް ކަމަށްވާ ޝިމްހާ ބައިވެރިވާނެ ކަމަށެވެ. ޝިމްހާ އަކީ މިހާރުވެސް ބެލެނިވެރިންގެ މަގުބޫލުކަން ލިބި ބައިވަރު އެތައް ކުދިންނަކަށް ކުރެހުމުގެ ފަންނު ދަސްކޮށްދެމުން އަންނަ ވަރަށް ހުނަރުވެރި ޓީޗަރެކެވެ.

އޭސް ހާޑްވެއާ އިން ބުނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ބާއްވަން ނިންމީ މިމަހަކީ ކުޑަކުދިންނަށް ހާއްސަ ކޮއްލެވިފައިވާ މަސް ކަމަށް ވެފައި ސްކޫލް ބަންދު ވުމާގުޅިގެން ކަމަށެވެ. މި އިވެންޓުގައި އެކި ކަހަލަ ކުރެހުމުގެ ހަރަކާތްތައް ހިނގާ އަދި ކުޅޭ އައްޗެހި ހާއްސަ ޑިސްކައުންޓު ތަކެއްގައި ލިބެމުންދާނެ ކަމަށެވެ.
އަދި މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ހާއްސަ ހަދިޔާވެސް ލިބިގެން ދާނެ ކަމަށެވެ.

އޭސް ހާޑްވެއާއިން މިހާރުވެސް ދަނީ ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. މި ސޭލްގައި ކުޑަކުދިން ކުޅޭ ސާމާނު އަދި ދަތުރު ދާއިރު ގެންދަން މަޖާ އަދި ބޭނުންތެރި ތަކެތިން 50 ޕަސެންޓަށްވުރެ މައްޗަށް ޑިސްކައުންޓް ދޭނެ އެވެ.

އޭސް ހާޑްއެވާ އަދި ހޯމްސެންޓަރުގައި ވަރަށް ތަފާތު މޮޅު ބްރޭންޑް ތަކުގެ ކުޅޭ އެއްޗެތި ވިއްކަ އެވެ. މީގެ ތެރޭގައި ދުނިޔެ އަށް ނަން މަޝްހޫރު މެލިސާ އެންޑް ޑޯ އާއޮ މެޓަލް ޓޯއިސް އަދި ފިޝަރ ޕްރައިސްގެ އިތުރުން ޕިކްސާ އަދިޓޮމީ އާއި ޑިސްނީ އަދި ބާބީ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މީގެ ތެރެއިން ދިވެހިންގެ ތެރޭގައި ވެސް ނަން މަޝްހޫރު ފިޝަރޕްރައިސް ބްރޭންޑް ގެ ތުއްތު ކުދިންނަށް ބޭނުން ކުރާ ރޮކަރ އަދި އުނދޯލި ފަދަ ތަކެތީގައިވެސް ހީވެސް ނުކުރާ ފަދަ ރަގަޅު ޑިސްކައުންޓު ތަކެއް އަޅުވަ އެވެ.