ބޮލީވުޑް

ބޮލީވުޑް ތަރި އުރްވާޝީ ރާއްޖޭގައި

Nov 22, 2017
1

ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ރީތީގެ ރާނީ އުރްވާޝީ ރައުޓެލާ މިއަދު ރާއްޖެ އައިސްފި އެވެ. އުރްވާޝީ ރާއްޖެ އައިސްފައިވަނީ އަދާރަން ސެލެކްޓް ހުދުރަންފުށީގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ މަޓަޓޯ ޓްރެވެލް އެވޯޑްސް ގާލާ އެޑިޝަންގެ ގެސްޓެއްގެ ގޮތުގަ އެވެ.

އުރްވާޝީ ހުރުމަށްވެސް ހަމަޖެހިފައިވަނީ އެ ރިސޯޓުގަ އެވެ. އުރްވާޝީ ރާއްޖޭގައި ދެ ދުވަހު މަޑު ކުރާނެ އެވެ.

އުރްވާޝީ އަންނަނީ ބޮލީވުޑް ފިލްމުތައް ކުޅުމުގެ އިތުރުން މޮޑެލްވެސް ކުރަމުންނެވެ. އުމުރުން 23 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުމެ ފިލްމު ކުޅެން ފަށާފައިވަނީ އުމުުރުން 19 އަހަރުގަ އެވެ. އަދި އޭނާ އަކީ 2015 ވަނަ އަހަރުގެ މިސް ދީވާ އެވެ. އޭގެ އިތުރުންވެސް އެންމެ ރީތި އަންހެނުން ހޮވާ އެތައް މުބާރާތެއް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގަ މިސް ޓީން އިންޑިއާ (2009)، ފެކްޓް މިސް ޔުނިވާސަލް ޓީން (2010)، މިސް އޭޝިއަން ސުޕަ މޮޑެލް (2011)، އިންޑިއަން ޕްރިންސެސް (2011)، މިސް ޓޫރިޒަމް ކުއީން އިފް ދަ އިޔާ އިންޓަނޭޝަނަލް ވޯލްޑް (2015) ހިމެނެ އެވެ.

އުރްވާޝީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހޭޓް ސްޓޯރީ4 "، "ރޭސް 3"، "ގްރޭޓް ގްރޭންޑް މަސްތީ" އަދި "ސަަނަމް ރޭ" ހިމެނެ އެވެ.