ހަބަރު

މިލަންދޫން ގެއްލުނު މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

Apr 29, 2015

ށ. މިލަންދޫން ގެއްލުނު މީހަކު ހޯދަމުން ދަނިކޮށް  އެ ރަށުގެ މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ރޭ މޫދު ތެރެއިން ފެނުނީ އެ ރަށު ސީސަންގޭ، މުހައްމަދު ހަސަނެވެ 81، އެވެ.

ފުލުހުން  ބުނީ މުހައްމަދު ހަސަންގެ ހަށިގަނޑު ފެނުނީ ރޭ 11:00 ޖެހީއްސުރެ އޭނާ  ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް  ބަނދަރު ސަރަހައްދު މޫދުގެ ތެރެއިން ކަމަށާއި ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.