ހަބަރު

10 މިލިއަން ރުފިޔާގެ ޑްރަގް އަތުލައި، ބޮޑެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެވެ. މި މަސްތުވާތަކެތީގެ އަގު 10 މިލިއަން ރުފިޔާއަށް އަރަ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖުމްލަ

އަތުލައިގެންފައިވަނީ ހެރޮއިންނާއި ކްރިސްޓަލް މެތް އަދި ކެނެބިސް އެވެ. ފަސް ކިލޯގެ ކެނެބިސް އަތުލައިގަތްއިރު، ހެރޮއިންގެ 0.5 ކިލޯ ވަނީ އަތުލައިގަންފަ އެވެ. ކްރިސްޓަލް މެތްގެ އަތުލައިގެންފައިވަނީ 2.8 ކިލޯ އެވެ. ކްރިސްޓަލް މެތް އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަތް މިއީ ފުރަތަމަ ފަހަރެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ އެ ދުވަހު ހުޅުމާލޭ އެމްޕީއެލް ސަރަހައްދުންނެވެ. ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ ދިވެހި މީހާ މަސައްކަތް ކުރާ ސައިޓުންނެވެ.

ހައްޔަރުކޮށްފައިވާ ދިވެހި މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހެއް ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވި ގޮތުގައި އޭނާ ދޫވެފައި ހުރީ 2016 ވަނަ އަހަރު ޕެރޯލްގެ ދަށުންނެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހު އެ މުއްދަތު ހަމަވެ އޭނާ ހުރީ މިނިވަންވެފަ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެ ދެ މީހުންގެ މައްޗަށް މިހާރު ވަނީ ކޯޓުން 15 ދުވަހުގެ ބަންދު އަމުރެއް ނެރެފަ އެވެ.