ހަބަރު

ސަރުކާރުގެ ސިޔާސަތުތަކަށް އަނެއްކާވެސް އުގެއިލްގެ ހަމަލާތަކެއް

Nov 24, 2017
26

އިގްތިސާދީ ކުރިއެރުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ބޭނުންވޭތޯ ސުވާލު އުފައްދާ އަނެއްކާ ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ޕްރޮފެސާ ހަސަން އުގެއިލް އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ދަރަނިވެރިވަމުން އަންނަ މިންވަރާ މެދު ރާއްޖެއިން އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށް ބުނާ ލިޔުމެއް ޓްވިޓާގައި ޝެއާ ކުރުމަށް ފަހު އުގެއިލް ވަނީ އިގުތިސާދީ ކުރިއެރުމުގެ ނަމުގައި ދަރަނީގެ ކަނޑެއްގައި ފަތަން ބޭނުންވޭތޯ ސުވާލު އުފައްދާފަ އެވެ. އަދި ތިމާގެ ދަރިން ކުޅެ އުޅުން އަމިއްލަ ވަޒަނުގައި އެހެން ބައެއްގެ ދިދަ ޖަހަމުންދާއިރު ކަމެއް ނުކުރެވި ބަލަން ތިބެންވީތޯ ވެސް އުގެއިލް ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވީ އެހެން ހާރިޖީ ބާރަކުން ދިވެހި ބިމުގެ އެންމެ އިންޗިއެއް ދިން ނަމަވެސް އެއީ އެ ގައުމެއްގެ އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމަށެވެ.

އުގެއިލް މިއަދު ކުރެއްވި ޓްވީޓް --

އުގެއިލްއަކީ އާންމު ގޮތެއްގައި ސިޔާސީ ވާހަކަދެއްކެވުމާއި ސަރުކާރަށް ނުވަތަ އިދިކޮޅު ފަރާތަކަށް ފާޑު ވިދާޅުވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް އުގެއިލް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައަށް ވެސް ސީދާ ގޮތެއްގައި ފާޑު ވިދާޅުވެފަ އެވެ.