ވިޔަފާރި

ޓޫރިސްޓު އެނދުގެ އަދަދު 40،000 އިން މައްޗަށް

ރާއްޖޭގައި ހިދުމަތް ދޭ ޓޫރިސްޓުން އެނދުގެ އަދަދު 40،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް ހިސާބު ތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ޓޫރިސްޓު އެނދުގެ އަދަދު ވަނީ 40,169 އަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި އެނދުގެ އަދަދު މި ވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މިދިޔަ އަހަރު 11 ރިސޯޓެއް އަލަށް ހުޅުވާފައިވެ އެވެ. އަދި މި އަހަރު 25 ރިސޯޓު ހުޅުވަން ނިންމާފައިވާއިރު، މި ދައުރުގައި ޖުމުލަ 50 ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ޖުމުލަ 755 ތަން އެބަހުއްޓެވެ. އަދި 131 ރިސޯޓު ހުރިއިރު، 13 ހޮޓަލާއި 460 ގެސްޓް ހައުސް އަދި 151 ސަފާރީ އެބަހުއްޓެވެ.

ރާއްޖޭގައި މިދިޔަ އަހަރު 11 ރިސޯޓެއް އަލަށް ހުޅުވާފައިވެ އެވެ. އަދި މި އަހަރު 25 ރިސޯޓު ހުޅުވަން ނިންމާފައިވާއިރު މި ދައުރުގައި ޖުމުލަ 50 ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.