ތިމާވެށި

ހިޖުރަ ކުރާ ދޫނި ހިފާނަމަ ޖޫރިމަނާ ކުރާނަން: އީޕީއޭ

Nov 27, 2017
8

ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ހައްޔަރުކޮށް ގޯނާ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އެ އެޖެންސީން މިއަދު ބުނީ އެހެން އަހަރުތަކެކޭ ވެސް އެއް ގޮތަށް މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށާއި އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތައް ކަމަށެވެ.

"...ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެކެވެ." އެ އެޖެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.

އަދި ބުނެފައި ވަނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ގަވައިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެވެ.