ހަބަރު

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް އުފައްދަން މަޖިލީހުން ފާސްކޮށްފި

Apr 29, 2015

ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީ އުފައްދަން މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލް މިއަދު ފާސްކުރީ 55 މެންބަރުން ވޯޓް ދެއްވައިގެނެވެ. ބިލް ފާސްކުރީ ކޮމެޓީން އެބިލް ދިރާސާކޮށް ނިންމި ގޮތަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް ފާސްކުރުމަށް ވޯޓަށް އެހިވަގުތު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތުން ރައީސް، އަބްދުﷲ މަސީހު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ގައުމީ އަދި ބަރުލަމާނީ ހަތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މިއަދު ފާސްވެގެން ދިޔަ ބިލަކީ ތާރީހީ ބިލެއް ކަމަށާއި ބިލް ފާސްވުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. 

އިސްލާމީ ޔުނިވާސިޓީ ގާއިމް ކުރުމަށް 36 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.