ވިޔަފާރި

ކްރިސްޓަލް ސޭންޑްސް އަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑު!

  • ގެސްޓްހައުސްއަކަށް އެވޯޑު ލިބުނު ފުރަތަމަ ފަހަރު
  • ރާއްޖެއަށް ގިނަ އެވޯޑު ތަކެއް ލިބިފައިވޭ
  • ހުރިހާ ކެޓަގަރީއެއްގެ ކުރީގައި ވެސް ރާއްޖެ
ކްރިސްޓަލް ސޭންޑްސް ގެސްޓްހައުސްގެ ވީޑިއޯއެއް--

ރާއްޖޭގެ ޓޫރިޒަމްގައި ދުނިޔޭގެ އެވޯޑުތައް އާއްމުކޮށް ލިބެނީ ރިސޯޓުތަކަށެވެ. ހާއްސަކޮށް ބޭރުގެ ބޮޑެތި ބްރޭންޑް ތަކަށެވެ. ނަމަވެސް އެކަން މި އޮތީ ބަދަލުވެފަ އެވެ. އެއީ ދުނިޔޭގެ ޓޫރިޒަމްގައި އެންމެ ފާހަގަ ކުރެވޭ އެއް އެވޯޑު ކަމަށްވާ "ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑު" ރާއްޖޭގެ ގެސްޓްހައުސްއަށަށް ލިބިގެންނެވެ.

ސުވިޒަލޭންޑުގައި ރޭ ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި މާފުށީގައި ހިންގާ، ކްރިސްޓަލް ސޭންޑްސް އަށް ވޯލްޑް ލަގްޒަރީ ހޮޓެލްސްގެ، ދެ އެވޯޑެއް ވަނީ ލިބިފަ އެވެ. މި ގެސްޓްހައުސްއަށް ލިބިފައިވަނީ ލަގްޒަރީ ސްމޯލް ހޮޓެލް އެވޯޑާއި ލަގްޒަރީ ބެޑް އެންޑް ބްރެކްފާސްޓް އެވޯޑެވެ. ކްރިސްޓްލް ސޭންޑްސް ގެސްޓްހައުސްއަކީ މާލޭގައި މަޝްހޫރު ސިންފަނީ ރެސްޓޯރެންޓް ހިންގާ ކުންފުނީގެ ދަށުން، ހިންގަމުން ގެންދާ ގެސްޓްހައުސް އެކެވެ.

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުގައި ރާއްޖޭގެ އެހެން ގެސްޓްހައުސްއަކަށް އެވޯޑެއް ލިބިފައެއް ނުވެ އެވެ. މި އެވޯޑު ލިބުނު ރާއްޖޭގެ އެހެން ރިސޯޓުތަކުގެ ތެރޭގައި:

- ހުޅުލެ އައިލެންޑް ހޮޓެލް: ލަގްޒަރީ އެއާޕޯޓް ހޮޓެލް އެވޯޑު
- ކަނުފުށި އައިލެންޑް ރިސޯޓް: ލަގްޒަރީ ބީޗް ރިޓްރީޓް
- ޖުމެއިރާ ވިތަވެލި: ލަގްޒަރީ ބީޗް ފްރޮންޓް ވިލާ
- ޖުމެއިރާ ވިތަވެލި: ލަގްޒަރީ ފެމެލީ ބީޗް ރިސޯޓް
- ޖުމެއިރާ ވިތަވެލި: ލަގްޒަރީ ހައިޑަވޭ ވިލާ
- ޖުމެއިރާ ވިތަވެލި: ލަގްޒަރީ ޕްރައިވެޓް ވިލާ
- ޕްރެޑައިސް އައިލެންޑް ރިސޯޓު: ބެސްޓް ޖީއެމް
- ޕެރަޑައިސް އައިލެންޑް ރިސޯޓް: ލަގްޒަރީ ބީޗް ރިސޯޓް
- ޕެރަޑައިސް އައިލެންޑް ރިސޯޓް: ލަގްޒަރީ ވޯޓާ ވިލާ ރިސޯޓް
- ކޮންޑްރެޓް މޯލްޑިވްސް ރަންގަލި ރިސޯޓް: ލަގްޒަރީ ފެމެލީ ރިސޯޓް
- ކޮކޯ ބޮޑު ހިތި: ލަގްޒަރީ ހައިޑަވޭ ރިސޯޓް
- ސެންތާރާ ރަސްފުށި: ލަގްޒަރީ ހަނީމޫން ހޮޓެލް
- ސެންތާރާ ރަސްފުށި: ލަގްޒަރީ ސްޕާ ހޮޓެލް
- ވޮއްމުލި ރިސޯޓް: ލަގްޒަރީ ހަނީމޫން ރިސޯޓް
- އަކުވާ ވިލުރީފް: ލަގްޒަރީ އައިލެންޑް ރިސޯޓް
- ކޮކާ ކަލެކްޝަން: ލަގްޒަރީ މެނޭޖުމަންޓް ގްރޫޕް
- މަކުނުދޫ އައިލެންޑް: ލަގްޒަރީ ޕްރައިވެޓް އައިލެންޑް
- އަތުރުގާ ބީޗް ރިސޯޓް: ލަގްޒަރީ ވޯޓާ ވިލާ ރިސޯޓް
- ސަން ސިޔާމް އިރުފުށި: ލަގްޒަރީ ވިލާ ރިސޯޓް
- މިރިހި އައިލެންޑް ރިސޯޓް: ލަގްޒަރީ ބުޓީކް ހޮޓެލް

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މި އެވޯޑުގައި މި އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން މުޅި އެވޯޑުގައި އެންމެ ގިނަ އެވޯޑުތައް ހޯދީ ރާއްޖެ އެވެ. އަދި ރާއްޖޭގެ ޖުމެއިރާ ވިތަވެލި ރިސޯޓަށް ވަނީ އެންމެ ގިނަ އެވޯޑު ހޯދައިގެން "އޯވަރޯލް ވިނާ" އެވޯޑު ލިބިފަ އެވެ.