ހަބަރު

ލީޑަރުންނަށް ހުކުމްތައް އައީ ވާދަކުރިޔަ ނުދޭކަށް ނޫން: އަނިލް

އިދިކޮޅުޕާަޓީތަކުގެ ލީޑަރުންނަށް އެކި އެކި ހުކުމްތައް ކޮށްފައި ވަނީ އެބޭފުޅުން ރިޔާަސީ އިންތިހާބުގައި ވާދަކުރެއްވިޔަ ނުދޭން ނޫން ކަަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮލަމްބޯގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ލީޑަރުންނަށް ހުކުމްތައް ކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރިޔަ ނުދޭން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށެވެ. ނަމަވެސް އޭގެ ތެރެެއިން ބައެއް މައްސަލަ ތަކަކީ މާކުރީގެ މައްސަލަތައް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އޮތީ ކުށެއްގެ ދައުވާ އުފުލާފައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައި އިރުވެސް. އެކަމަކު އޭރު އަދި ހުކުމް ނުކުރާތީ އޭރު ކުރިމަތިލެއްވުނީ ،" އަނިލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމާ ބެހޭ ގޮތުން ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް ކުރިމަތި ނުލެއްވޭނެ ކަމަށެވެ. އެގޮތުންް އޭނައަކީ ރައީސް ކަަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ އުމުރުކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުމުރަށް ވުރެ ދޮށީ ބޭފުޅެއް ކަން ފާހަގަ ކުރެއްވިއެވެ.

އޭޖީ ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަރު ޝައިހު އިމްރާން އަބުދުﷲ އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ.

" ކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ނުނެރޭ ކެންޑިޑޭޓެއް. މިފަހަރުވެސް މިހާރު ވަނީ އިދިކޮޅުން ނެރޭ ކެންޑިޑޭޓަށް ތާއީދުކުރާނެކަން ހާމަކޮށްފައި،" އަނިލް ވިދާޅުވިއެވެ.