ވިޔަފާރި

އެސްޓާސް އިން އައިފޯނު 10 ވިއްކަން ފަށައިފި

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު ފޯނު، އައިފޯނު އެކްސް ނޫނީ 10 އެސްޓާޒް އިން ވިއްކަން ފަށައިފި އެވެ.

އެސްޓާސްގެ ފިހާރާގައި އައިފޯނު އެކްސްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 22،850ރ. އަށެވެ. އަދި 256 ޖީބީގެ ފޯނެއް ވިއްކަނީ 26،450ރ. އަށެވެ.

އެސްޓާސް އިން އައިފޯނު އެކްސް އިންސްޓޯލްމަންޓް އުސޫލުން ވެސް ދޫކުރެ އެވެ.

އެސްޓާސްއަކީ ރައްޔިތުންނަށް ބޭނުންވާ އަގުހެޔޮ މުދާ ވިއްކަމުންދާ ފިހާރައެކެވެ. މި ތަނުގައި ފެންވަރު ރަނގަޅު ޓީވީ އާއި ބެޑްރޫމް ސެޓް އަދި ފޯނުގެ އިތުރުން ލެޕްޓޮޕް ފަދަ އެއްޗިހި ވެސް ހުރެ އެވެ. އަދި މިތަކެތި ދުރާލާ އޯޑަރު ދިނުމުން ގެޔަށް ގެނެސް ދިނުމުގެ ހިދުމަތްވެސް ދެ އެވެ.