ވިޔަފާރި

ރީޔޫނިއަންގައި "ލަކްސް" ބްރޭންޑުން އިތުރު ރިސޯޓެއް ހުޅުވަނީ

Apr 30, 2015

ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ "ލަކްސް" ބްރޭންޑުގެ އިތުރު ރިސޯޓެއް ރީޔޫނިއަން އައިލެންޑުގައި ހުޅުވުމަށް ނިންމައިފި އެވެ.

ރާއްޖެ އާއި ޗައިނާ އަދި މޮރިޝަސް އާއި ޔޫއޭއީ އަދި ރީ ޔޫނިއަންގައި މިހާރުވެސް ރިސޯޓު ހިންގަމުން ގެންދާ ކުންފުނިން ބުނި ގޮތުގައި ލަކްސް ބްރޭންޑު އިންޑިޔާ ކަނޑުގެ ޖަޒީރާ ރަށްތަކަށް ފުޅާ ކުރުމުގެ ގޮތުން ރީޔޫނިއަން އައިލެންޑުގައި ތަރައްގީކުރާ ރިސޯޓު އަންނަ އަހަރު ހުޅުވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ރީޔޫނިއަން އައިލެންޑުގައި ތަރައްގީކުރާ މި ރިސޯޓުގައި 82 ވިލާ ހުންނާނެ ކަމަށާއި، މިއީ ފަސް ތަރީގެ ރިސޯޓެއް ކަމަށެވެ.

ލަކްސް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ވެސް ހިންގަމުންދެ އެވެ. މި ބްރޭންޑުގައި ހިންގަމުން ދަނީ ދިއްދޫފިނޮޅުގައި ހިންގަމުން ގެންދާ ލަކްސް މޯލްޑިވްސް ރިސޯޓެވެ.