chattelegramwhatsappviber google-plus twitter facebook

ވިޔަފާރި

ބޯޓިން އެވޯޑުގައި އެލިއާ އަށް ޝަރަފުވެރި ދެ އެވޯޑެއް!

މޯލްޑިވްސް ބޯޓިން އެވޯޑުގައި އެލިޔާ އިންވެސްމަންޓަށް ޝަރަފުވެރި ދެ އެވޯޑް ލިބިއްޖެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި ރޭ ބޭއްވި އެވޯޑު ނައިޓްގައި، އެލިޔާ އިން ވަނީ ރާއްޖޭގެ މާކެޓުގައި ހުރި އައުޓް ބޯޑް އިންޖީނުތަކާ ވާދަކޮށް، "މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ" އެވޯޑު ހޯދައިފަ އެވެ. އެ ކުންފުނިން އެ އެވޯޑް ޖައްސަޖައްސައިގެން ދެ އަހަރު ވަނީ ހޯދާފަ އެވެ. ދެން ލިބިފައިވަނީ "މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ 2017" އެވޯޑެވެ.

އެލިޔާގެ ވިޔަފާރިއަށް 53 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ޔަމަހާ އައުޓުބޯޑް އިންޖީނުގެ ހިދުމަތް ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް މެދުކެނޑުމެއްނެތި 43 އަހަރު ފޯރުކޮށްދިނުން ރަމްޒު ކޮއްދެނީ ޔަމަހާ އާއި އެލިއާ އާއި ދެމެދު އުފެދިފައިވާ ގުޅުމުގެ ވަރުގަދަ ކަމެކެވެ.

ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ތައާރަފް ކުރެވުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޅަފަތުގެ ދުވަސްވަރުކަމުގައި ވުމުން ކަނޑު ދަތުރުފަތުރު ކުރުމަށް ސްޕީޑް ލޯންޗު ބޭނުން ކުރެވެންފެށި އެވެ. އަދި އަހަރުތަށް ފާއިތުވެ ރާއްޖޭގެ ރިސޯޓުތަކުގައި ބޭނުންކުރާ ލޯންޗުފަހަރާއި، އަދި ޖުމްލަގޮތެއްގައި މަސްވެރިކަމާއި، ކަނޑުގެ އެހެނިހެން ދަރުތުފަތުރު ކުރުންވެސް އިތުރުވެގެންދިޔައެވެ. މިގޮތުން ޔަމަހާ އިންޖީނަކީ އޭރު ރާއްޖޭގައި ބޭނުންކުރަމުން ދިޔަ ހަމައެކަނި އައުޓް ބޯޑް އިންޖީނު ކަމުގައިވުމުން، ދަތުރުފަތުރުގެ ނިޒާމަށް އައި މިކުރިއެރުމުގައި ޔަމަހާއިންވަނީ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މިއަދު ރާއްޖޭގެ އައުޓްބޯޑް އިންޖީނުގެ މާކެޓްގައި ވާދަވެރިކަން އުފެދިފައިވާއިރުވެސް އައްޑިހަ ފަސް އިންސައްތަ އަކީ ޔަމަހާ އައުޓްބޯޑް އިންޖީންނެވެ.

އެލިއާ އިން އަބަދު ވެސް އެންމެ އިސްކަން ދެނީ ކޮލިޓީ ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ ހަރަދު ކުޑަ، ރާއްޖޭގައި ބޭނުންކުރާ ކޮމާޝަލް ބޭނުން ތަކަށް އެންމެ އެކަށިގެންވާ އިތުބާރު ހިފޭ އިންޖީނެއް ކަސްޓަމަރުންނާއި ހަމައަށް ގެނެސް ދިނުމަށެވެ. މިގޮތުން ކޮންމެ އިންޖީނެއްވެސް މާކެޓަށް ތައާރަފު ކުރުމުގެ ކުރިން މި ރާއްޖޭގެ މާހައުލާއި ގުޅޭ މާކެޓް ޓެސްޓެއް ކުރެވެ އެވެ. ހިދުމަތު ފެންވަރު ރަނގަޅު ކުރުމަށް އެލިއާއިން ތަފާތު މަސައްކަތްތަކެއްކޮށް ރާއްޖޭގެ މާރކެޓުގެ އެންމެ ކުރީ ސަފުގައި ދެމިހުރުމުގެ ސިއްރަކީ ކަސްޓަމަރުންގެ ބިނާކުރުވަނީ ފާޑުކިއުންތަކާއި އުފެއްދުންތެރި ހިޔާލުތައް އުފަލާއިއެކު ބަލައިގަތުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު