ވިޔަފާރި

ބީއެމްއެލްގެ ފައިދާއިން ހިއްސާއަކަށް 16ރ. ބަހަން ހުށަހަޅައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ފައިދާއިން ހިއްސާއަކަށް ފައިދާގެ ގޮތުގައި 16ރ. ބަހަން ހުށަހަޅައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރަށް މާލީ ގޮތުން ލިބުނު ކާމިޔާބީގެ މައުލޫމާތު ދެއްވުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުންޏަށް މާލީ ގޮތުން ރަނގަޅު، ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށާއި، މި ކާމީޔާބީގެ ސަބަބުން ހިއްސާދާރުންނަށް މީގެ ފައިދާ ކުރާނެ ކަމަށެވެ.

އޭނާ ވިދާވީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ކަނޑައަޅާފައިވާ 86.1 މިލިއަން ރުފިޔާއަކީ ރެކޯޑު އަދަދެއް ކަމަށެވެ.