ވިޔަފާރި

"ރަން މަތިގަނޑާ" އެކު ކޮކާ ކޯލާއިން ޕްރޮމޯޝަނެއް ފަށައިފި

Dec 6, 2017
2

ކޮކާ ކޯލާއަށް ރާއްޖެއިން ލިބެމުން އަންނަ ތަރުހީބް އަދި ލިބިފައިވާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން އެކުންފުނިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. އެ ޕްރޮމޯޝަންގައި އުރީދޫ އިންވެސް ވަނީ ބައިވެރިވެފަ އެވެ.

މި މަހުގެ އެކަކުން އަންނަ މަހުގެ 14 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ގިނަ އިނާމްތަކެއް ދޫކޮށްލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އެމްފައިސާ، ކޭޝް ބެކް އަދި އޭގެ އިތުރުންވެސް އަގުހުރި އިނާމްތަކެއްވަނީ ކަނޑައަޅާފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ރަން ކުލައިގެ މަތިގަނޑުގައި ބަންދުކޮށްފައިވާ 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު ދަށުގަ އިން ކޯޑު ފޮނުވުމުން ބައިވެރިވެވުނީ އެވެ. ކޯޑު ހުށަހަޅަން ޖެހޭނީ އުރީދޫ އެމް ފައިސާ އެޕަށެވެ. އަވަހަށް އެޕް އަޅައިގެން ޕްރޮމޯޝަންގައި ބައިވެރިވާން އުޅޭށެވެ.

މި ޕްރޮމޯޝަން އާ ގުޅޭގޮތުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ ކޮކާ ކޯލާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ބުއިމުގެ ގޮތުގައި މަޝްހޫރުވެގެން ދިއުމުން ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް މިފަދަ ޕްރޮމޯޝަނެއްގައި ބައިވެރިވުމަށް ފުރުސަތު ދީ އަބަދުވެސް ކަސްޓަމަރުންގެ ހިތްހަމަ ޖެހުމާއި ބޭނުންތަކަށް މުހިންމު ކަމެއް ދީގެން ޕްރޮމޯޝަންތައް ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށެވެ.

ކޮކާ ކޯލާ އިން ވަނީ ތަފާތު ވައްތަރުގެ ބުއިންތައް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.