ވިޔަފާރި

ރީތި ރަށް ރިސޯޓަށް މުވައްޒަފުން ހޯދަން ތިން ސަރަހައްދަކަށް

ވަން އެންޑް އޮންލީ ރީތި ރަށުގެ ފަހި ދުވަސް ނުވަތަ "ރެކްރޫޓަމަންޓް ފެއާ" އަކީ އެންމެ ބޮޑު ފުރުސަތެވެ. ޓޫރިޒަމް ދާއިރާ އަށް ނުކުންނަން ބޭނުންވެފައިވާ ޒުވާނުންނަށް ހާއްސަ ތަމްރީނާއެކު ހުޅުވިގެންދާ ފުރުސަތެކެވެ. އެހެންވެ ދުނިޔޭގެ އެންމެ މަޝްހޫރު، އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ "ވަން އެންއޮންލީ" އިން ކުރި އަށް ގެންދާ ފަހި ދުވަސް މި ފަހަރު މި ވަނީ ފުޅާކޮށްފަ އެވެ. މިފަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާނެ އެވެ.

'ރެކްރޫޓްމަންޓް ފެއާ- ދަރިވަރުންގެ އޮޕަޗޫނިޓީ 2018' ގެ ނަމުގައި ވަޒީފާތަކަށް ޒުވާނުން ހޯދަން، ކުރިއަށް ގެންދާ މި ހަރަކާތުގައި 16، ޑިސެމްބަރު 2017 ގެ ފެއާ އޮތީ މާލޭގަ އެވެ. ހައުމަދިއްޔާ ސްކޫލްގައި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް އޮންނަ މި ހަރަކާތުގައި މާލޭގައި ތިބޭ މީހުންނަށް ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން، އައްޑޫގައި ރެކްރޫޓްމަންޓް ފެއާ އޮތީ 19، ޑިސެމްބަރު 2017ގަ އެވެ. އައްޑޫ، ހައި ސްކޫލްގައި އޮންނަ މި ފެއާ ހާއްސަވަނީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ މީހުން ހަރަކާތެރިވާ ޓޫރިޒަމް ދާއިރާ އަށެވެ. މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ. އަދި ހއ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ދިއްދޫގަ އެވެ. މި ރެކްރޫޓްމަންޓް ފެއާ އޮންނާނީ 21، ޑިސެމްބަރު 2017 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

ރެކްރޫޓްމަންޓް ފެއާގެ ތާރީހުތައް

- މާލެ، 16 ޑިސެމްބަރު (އަހުމަދިއްޔާ ސްކޫލް)
- އައްޑޫ 19 ޑިސެމްބަރު (އައްޑޫ ހައި ސްކޫލް)
- ދިއްދޫ 21 ޑިސެމްބަރު (އަތޮޅު ތައުލީމީ މަރުކަޒު(

ގެންނަން ޖެހޭ ތަކެތި

- ސީވީ
- އައިޑީ ކާޑު ކޮޕީ
- ޕޮލިސް ރިޕޯޓު

ވަންއެން އޮންލީ ރީތި ރަށް، 'ރެކްރޫޓްމަންޓް ފެއާ- ދަރިވަރުންގެ އޮޕަޗޫނިޓީ 2018' ގައި ބައިވެރިވާ ޒުވާނުންނަށް ބޭނުން ދާއިރާއަކުން ތަމްރީންވެސް ދޭނެ އެވެ. މި ފެއާތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން ފެއާތައް އޮންނަ ތަނަށް ދާއިރު ސީވީ އާއި އައިޑީކާޑު ކޮޕީ އަދި ޕޮލިސް ރިޕޯޓް ހިފައިގެން ދިއުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ދެހާސް ތިހަ ވަނަ އަހަރުން ފެށިގެން ރީތިރަށުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދީފައިވެ އެވެ. އަދި މި އަހަރު ކުރިއަށްދާ ޕްރޮގްރާމުގައި ވެސް 10 ކުއްޖަކު ދަނީ ތަމްރީން ވަމުންނެވެ.