ފިނިޕޭޖް

ޔާމިން ރަޝީދުގެ އާ ޓީވީ ޝޯގެ ޓްރެއިލާ، "މާކަނާ ޝޯ" އަށް ވުރެ މޮޅު!

މި ފެންވަރުގެ އާ ޝޯއެއް އައުން މި އޮތީ ހަގީގަތުގައި މާ ބޮޑަށް ވެސް ލަސްވެފަ އެވެ. އެހެންޏާ ފަހެ މި "މާކަނާ ޝޯ" އެއް ދިގުލައިގެން ގޮސް ރަށު މީހުން މިތިބީ އެއްގޯސްވެފަ އެވެ.

އެކަމަކު ދެން ކޮންމެހެން "މާކަނާ ޝޯ" އަށް އިންތިޒާރުކުރުމުގެ ބޭނުމެއް ނެތެވެ. ހަމަ އަސްލަށް ވެސް މި "މާކަނާ ޝޯގަނޑެއް" ހުއްޓާލަންވީ އެވެ.

ނަމަވެސް ޔާމިން ރަޝީދުގެ އާ ޓީވީ ޝޯ އަކީ އޭނާ ރާއްޖެ އަށް މަޝްހޫރުކޮށްދިން މާކަނާތަކުގެ ރިޕްލޭސްމެންޓެއް ނޫނެވެ.

"މޭޑް އިން މޯޑިސް" ގެ ނަން ދީފައިވާ މި އާ ޝޯ އަކީ މިރޭ އޮން އެއާކުރާ އާ ޓީވީ ޗެނަލް "ސަންގު ޓީވީ" އަށް ހާއްސަކޮށްގެން އޭނާ އުފައްދާފައިވާ ޝޯއެކެވެ. ނަމަވެސް ޔާމިން ލިޔެ ޑައިރެކްޓްކުރާ މި ޝޯގެ އެޕިސޯޑެއް މިރޭ ފެނުމުގެ ނަސީބެއް ނެތެވެ.

އެހެންވިޔަސް މި ޝޯގެ ޓްރެއިލާއެއް މިރޭ ރަސްމީކޮށް ދައްކާލާނެ އެވެ. ސޯޝަލް މީޑިއާގައި ޔާމިން ރަޝީދު ވެސް ވަނީ ޝޯގެ ޓްރެއިލާއަކާ އެކު ފޯރި ހިއްޕާލައިފަ އެވެ.

ކޮންމެއަކަސް އިތުރު ހާސަރަށް ނުގޮސް މި ޝޯއަކާ ބެހޭ ގޮތުން ވާހަކަ ދައްކަމާ ހިނގާށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޓްރެއިލާ އަށް ބަލާއިރު ޝޯގެ މުސްތަގުބަލު ފެންނަނީ ޔާމީންގެ "މާކަނާ ޝޯ" ގެ ހުރިހައި އެޕިސޯޑްތަކަށް ވުރެން ވެސް މޮޅުކޮށެވެ.

"ސަންގް ޓީވީ" އިން ބުނީ މި ޝޯ އަކީ ޓޯކް ޝޯގެ ގޮތުގައި ލޯކަލް ޗެނަލްތައް ހިސޯރުކޮށްފައިވާ ޝޯތަކަށް ވުރެ ތަފާތު ޝޯއެއް ގެނެސްދިނުމުގެ ނިޔަތުގައި ޔާމިންއާ ގުޅިގެން އުފައްދާފައވާ ޝޯއެއް ކަމަށެވެ. އެމީހުން މި ޝޯ ސިފަކުރަނީ "ވެރައިޓީ ޝޯއެއް" ގެ ގޮތުގަ އެވެ.

"މޭޑް އިން މޯޑިސް" ގައި މާކަނާ ޝޯގެ ކުލަފަށެއް ހޭކިފައި ހުއްޓަސް މިއީ އެއަށް ވުރެ ހުރިހައި ގޮތަކުން ވެސް ތަފާތު ޝޯއެއް ކަމަށް ގަބޫލުކުރެވެ އެވެ. އެގޮތުން އެންމެ ބޮޑު ތަފާތަކީ އަދި ޝޯގެ ފާހަގަކޮށްލެވޭ ސިފައަކީ ތިން ސެގުމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ މިނި-އެޕިސޯޑްތަކެވެ.

ޝޯގައި ދައްކުވައި ދޭނީ އޭގެ ޓައިޓްލްގައި ބޭނުންކޮށްފައިވާ "މޭޑް" އާ އެއްގޮތަށް، ކޮސް ގޮވަމުން ދުވާ ބައެއްގެ ވާހަކަ އެވެ. އެގޮތުން ޖެހިގެން ހުންނަ ދެ ގެއެއްގެ ބެލްކަނީގައި ހިނގާ ދެބައޮޑުވުމާއި ޖަލުގެ ކުޑަގޮޅީގައި ދެކެވޭ ސިއްރު ވާހަކަތަކާއި ސިރުހުހަދާ މީހާގެ ފައިބުޑަށް ވެއްޓޭ ސިޔާސީ ކޮހުންގެ ވާހަކަ މި ސިލްސިލާގައި ކިޔައިދެ އެވެ.

މިހުރިހައި ވާހަކަތަކަކަށް ވެސް ފޮނިތޮށިކާފޫރުތޮޅިލައި ރަހަ ހެޔޮވަރުކޮށްލާފައި ވަނީ މި ރާއްޖޭގެ މުޖުތައަމުގައި ހިނގާ މައްސަލަތައް މަސްހުނިކޮށްގެނެނެވެ.

ސަންގް ޓީވީ އޮންއެއާ ކުރާނީ މިރޭ ނެޝެނަލް އާޓް ގެލަރީގައި ބާއްވާ ހާއްސަ ހަފުލާއެއްގަ އެވެ.