ވިޔަފާރި

އެންމެ ބޮޑު ކާމިޔާބީއަކީ އިންވެސްޓްމަންޓުތަކުން ކުރިމަގަށް ފައިދާ ކުރުން: ބީއެމްއެލްގެ ސީއީއޯ

މިދިޔަ އަހަރު ގައުމީ ބޭންކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކުރެވުނު އިންވެސްޓްމަންޓުތަކުން ކުރިމަގަށް ފައިދާ ކުރުން ކަމަށް ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު މާލީކުރިއެރުމުގެ މައުލޫމާތު ދެއްވުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީއޯ ހީލީ ވިދާޅުވީ މިދިޔަ އަހަރަށް ބަލާއިރު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ކުރެވިފައިވާ އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތް އަހަރުތަކުގައި ބޭންކާއި ކަސްޓަމަރުންނާއި މުޅި ގައުމަށް ބޮޑެތި ފައިދާތައް ކުރަމުންދާނެ ކަމަށެވެ.

"މިދިޔަ އަހަރު ހިންގުނު އިވެސްޓްމަންޓްތަކުގެ ތެރޭގައި މުޅި ބޭންކުގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު ޓެކްނޮލޮޖީ ބަދަލުކުރުމުގެ ޕްރޮގްރާމާއި މުޅި ގައުމަށް ބޭންކިންގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ތަކަށް ވާސިލްވުމަށް އެތަކެއް މަސައްކަތްތަކެއް ކުރެވުނު،" ހީލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އިތުރު 95 ރަށެއްގައި ބޭންކިންގެ ހިދުމަތް ފެށިފައިވާ ކަމަށާއި މީގެ އިތުރުން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފުކޮށް، ޒަމާނީ ފެންވަރަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

ބޭންކުން ބުނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ހިންގުމުގެ ފައިދާގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވެ އެވެ. މިއީ 2013 ވަނަ އަހަރާ އަޅާ ބަލާއިރު 22 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ޓެކްސް އުފެއްދުންތެރިނޫން ލޯނުގެ ފައިސާ އުނިކުރުމަށްފަހު، ސާފު ފައިދާވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 81 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.