ވިޔަފާރި

އައްޑޫ އެލައިޑް އޮފީސް ލިންކް ރޯޑަށް ބަދަލުކޮށްފި

އައްޑޫ ސިޓީގައިވާ އެލައިޑް އިންޝުއަރެންސްގެ އޮފީސް އެސިޓީގެ މައިމަގު އަދި ގިނަ އޮފީސްތައް ވެސް ހުންނަ ލިންކް ރޯޑަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝްއަރެންސްގެ ހިދުމަތްދޭ އެލައިޑްގެ އައްޑޫ އޮފީސް ބަދަލު ކުރީ ބީއެމްއެލް ބްރާންޗް އާ އިންވެގެން ލިންކް ރޯޑްގެ ހިތަދޫ އަވަށުގައި ހުންނަ އަދާރާ ނަމަކަށް ކިޔާގެއަށެވެ. އަދި މި މަހުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހިދުމަތް ދެމުން އަންނަ ކަމަށް ވެސް އެލައިޑުން ބުންޏެވެ. އަދި ބުނީ އެތަނަށް އޮފީސް ބަދަލުކުރީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަވާނެ ތަނަކަށް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

މާލޭގައިވާ އެލައިޑުގެ އޮފީހުންލިބޭ ހުރިހާ ހިދުމަތްތަކެއް ވެސް ދޭ އައްޑޫ އޮފީސް ކުރިން ހުރީ ހިތަދޫ ނިއުސާން ގޯޅީގައިވާ އަނޫޝް ނަމަކަށް ކިޔާ ގޭގައެވެ.

އެލައިޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން މިއަހަރުގެ ސެޕްޓެމްބަރުމަހު ވެސް ވަނީ އެކި ފަރާތްތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން 13 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބަދަލުގެ ގޮތުގައި ދޫކޮށްފަ އެވެ. އެލައިޑްގެ، އިންޝުއަރެންސްގެ ޖުމްލަ އަގު 120 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.