ހަބަރު

ލިމްކޮކް ޔުނިވާސިޓީގެ އެންމެ ޝަރަފުވެރި އެވޯޑް ދިވެއްސަކަށް

Dec 14, 2017
11

މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަސިޓީގެ ޗާންސެލާ އެވޯޑް ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީގެ މާސްޓާ އޮފް ސައިންސް އިން ކޮމްޕިއުޓާ ނެޓްވޯކިން ކޯހުގައި ކިޔެވި ކޯހުން އެއްވަނަ ހޯދައި އެ ޔުނިވާސިޓިގެ ބެސްޓް އޯލް ރައުންޑް ހޯދައި ޗާންސެލާ އެވޯޑް ހާސިލް ކޮށްފައިވަނީ ގއ. މާމެންދޫ ޝިމްހާޒް އަލީ ސައީދެވެ. އޭނާ ވަނީ ކޯހުގައި ކިޔެވި 13 މޮޑިއުލް އިން އެންމެ މަތީ މާކުސް ހޯދާފަ އެވެ.

އޭނާ އަކީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކޮއްކޮ އެކެވެ. ޝިމްހާޒް ބުނީ، ކޯހުގައި ކިޔެވި 13 މޮޑިއުލުންވެސް އެނާ އަށް އޭ ލިބިފައިވާ ކަމަށެވެ.

މާސްޓާ އޮފް ސައިންސް އިން ކޮމްޕިއުޓާ ނެޓްވޯކިން ކިޔަވަން މެލޭޝިއާ އަށް ދިޔައީ މިދިޔަ އަހަރެވެ. އޭނާ އަށް އެ ފުރުސަތު ލިބިފައިވަނީ ފުލުހުންގެ ފަރާތުންނެވެ. އޭނާ މިހާރުވެސް ވަޒީފާ އަދާކުރާނީ ފޮލިހުގައި އެވެ. އޭނާ މަސައްކަތް ކުރަނީ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި އެވެ.